ޢާންމު މަޢުލޫމާތު
ނަންބަރު: 306/30/2020/35(IUL)
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި: 22 އޮކްޓޫބަރު 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދާއިމީ ބިންތަކުގެ ދަފްތަރު ޢާންމު ކުރުމާއި ގުޅޭ

އިއުލާން    

          ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 8 ވަނަ އިސްލާހުގެ 4-56 (ހ) ގައި، މިޤާނޫނަށް ޢަމަލު ކުރަންފަށާތާ 6 މަސްދުވަހުގެ ތެރޭގައި ރަށްރަށާއި،ސިޓީތަކުގައި ، ގައުމީ އިދާރާތަކަށާއި، ދައުލަތުގެ މުވައްސަސާތަކަށް ދާއިމީ ބޭނުމަށް  ދޫކޮށްފައިވާ ތަންތަނުގެ އޯޑިޓެއް ހަދައި، ދަފުތަރެއް އެކުލަވާލުމަށް ވަނީ ބަޔާންކޮށްފައެވެ.

 މިގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެ މަތިން މި ކައުންސިލުން އެކުލަވާލާފައިވާ ދާއިމީ ބިންތަކުގެ ދަފުތަރު މި އިޢުލާނާއެކު އާއްމުކުރަމެވެ. އަދި މި ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން 2020 އޮކްޓޯބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:00 އާ ހަމައަށް ހުޅުވާލަމެވެ.

            ވީމާ، މި ދަފުތަރާމެދު އެއްވެސް ފަރާތެއްގެ ޝަކުވާއެއް އޮތްނަމަ މަތީގައި ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ލިޔުމަކުން މިކައުންސިލަށް ހުށައަޅުއްވައިދެއްވުން އެދެމެވެ.

           11 އޮކްޓޯބަރ 2020

11 އޮކްޓޫބަރު 2020