ކުއްޔަށް ދިނުން
ނަންބަރު: (IUL)412/412/2020/23
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:12
ސުންގަޑި: 19 އޮކްޓޫބަރު 2020 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މި ކައުންސިލްގެ އިޙްތިޞޯސްގެ ތެރޭގައި ހިމެނޭ 4.7 ހެކްޓަރުގެ ފަޅުރަށް (ގއ.ކޮނޑޭ ވިލިނގިލި) ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމަށް މީލާދީ 1 އަހަރު ދުވަހުގެ މުއްދަތައް ބީލަން އުޞޫލުން ކުއްޔަށް ދޫކުމަށް ވަނީ ހަމަޖެހިފައެވެ.

  • ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށް ބޭނުން ކުރުން،
  • ލާނިންގ ސެންޓަރ އެއްގެ ގޮތުގައި ތަރައްޤީކޮށް ބޭނުން ކުރުން،
  • ރިސަރޗް ސެންޓަރެއްގެ ގޮތުގައި ތަރައްޤިކޮށް ބޭނުން ކުރުން،

ވީމާ، މިބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 އޮކްޓޯބަރ 19 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލުމާތު ސާފް ކުރެއްވުމަށްފަހު 2020 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 13:00 އަށް ކޮނޑޭ ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ޕްރީ ބިޑް މީޓިންގ:

2020 އޮކްޓޯބަރ 19 ވަނަދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައި،

ބިލާން ހުށަހެޅުމާއި، ހުޅުވުން:

2020 އޮކްޓޯބަރ 26 ވަނަދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާއަށް،

މިބިޑާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް 13 އޮކްޓޫބަރު 2020 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް www.kondey.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

ބިޑް ހުޅުވުން އޮންނާނީ 2020 އޮކްޓޯބަރ 26 ވަނަ ދުވަހުގެ 13:00 ކޮނޑޭ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ

މުޙައްމަދު އަމީނުމަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ،

ފޯން އަދި ފެކްސް: 6820019 / 9662499

އީމެއިލް : [email protected]

ކޮޕީ   : [email protected]

12 އޮކްޓޫބަރު 2020