ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)327-A/327/2020/198
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 22 އޮކްޓޫބަރު 2020 12:00
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކުރުމަށް ހުޅުވާލުން

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކުރުމުގެ މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބީލަމްގައި ބައިވެރިވެ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަމްގައި ބައިވެރިވުމުގެ ސުންގަޑި

12 އޮކްޓޯބަރ 2020 (ހޯމަ) ދުވަހުން ފެށިގެން 22 އޮކްޓޯބަރ 2020 (ބުރާސްފަތި) ދުވަހުގެ 12:00 ގެ ނިޔަލަށް

 

ބީލަމް އޯޕަން މީޓިންގ

22 އޮކްޓޯބަރ 2020 (ބުރާސްފަތި) ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި

ބީލަމްގައި ބައިވެރިވުމުގެ އަގަކީ -/50 (ފަންސާސް) ރުފިޔާ އެވެ. ބިލަމް ހުށަހެޅޭނީ ބީލަމްގައި ބައިވެރިވުމަށްޓަކައި އިޢުލާންގައިވާ މުއްދަތުގައި ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު 9991199 އަށް ގުޅުއްވުމުން ލިބޭނޭ ވާހަކަ ދަންނަވަމެވެ.

ބީލަމްގައި ބައިވެރިވުމަށް ފައިސާ ދެއްކުން:

އެކައުންޓް ނަން: 1370 - Revenue 1

އެކައުންޓް ނަންބަރ: 7705700335001

ފައިސާ ދައްކާ ސްލިޕް މިކައުންސިލްގެ ވައިބަރ ނަންބަރ 7988627 ފޮނުއްވުން އެދެމެވެ.

މަޢުލޫމާތު ކަރުދާސް މިކައުންސިލްގެ ވެބްސައިޓް، ފޭސްބުކް ޕޭޖް އަދި ކޮމިޔުނިޓީ ވައިބަރ ގުރޫޕުން ލިބޭނެއެވެ.

 

12 އޮކްޓޫބަރު 2020