މަސައްކަތް
ނަންބަރު: IAS/MIS/2020-1485
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:39
ސުންގަޑި: 18 އޮކްޓޫބަރު 2020 12:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ އޮފީސްތަކުގެ އޭސީތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ އޮފީސްތަކުގެ ތެރެއިން މާލެ އާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އޮފީސްތަކުގެ އޭސީތައް މަރާމާތުކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ޖަނަވަރީ 2020 ވަނަ ދުވަހު ކުރެވުނު ނަންބަރު IAS/MIS/2020-091 އިޢުލާންއާއި ހަވާލާދީ ދަންނަވަމެވެ. އިސްވެ ބަޔާން ކުރެވުނު އިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތަށް އަގު ހުށަހެޅުމަށް ހުޅުވާލި ވާހަކަ ދަންނަވަމެވެ.

ވީމާ މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މި ކުންފުނީގެ [email protected]  އަދި [email protected]  އީމެއިލް އަށް މެއިލް ކޮށްގެން ޝައުގުވެރިކަންް ފާޅުކުރެއްވުން އެދެމެވެ. ޝައުގުވެރިކަން ފާޅު ކުރުމުގެ ފަހު ވަގުތަކީ 18 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންނެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3024763 އަށް ގުޅުއްވުން އެދެމެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މުއްދަތުގެ ކުރިން ޝައުގުވެރިކަން ފާޅު ނުކުރައްވާ ބޭފުޅުންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.

11 އޮކްޓޫބަރު 2020