| 
 މަޤާމު 
 | 
 ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ 
 | 
| 
 މަޤާމުގެ ނަންބަރު 
 | 
 J-327532 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް 
 | 
 އެމް.އެސް 3 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން 
 | 
 ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 
 | 
| 
 ޑިވިޝަން / ސެކްޝަން 
 | 
 ޕަބްލިކް ހެލްތު  ސަރވިސް ޔުނިޓް 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން 
 | 
 ކ.މާފުށީ ޞިއްޙީމަރުކަޒު 
 | 
| 
 މުސާރަ 
 | 
 -/7035.00 ރުފިޔާ 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 -/2500 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް 
 | 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
 
- ޓެކްނިކަލް ކޯ އެލަވަންސް ގެ ގޮތުގައި މަހަކު އަސާސީ މުސާރައިގެ 28%
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް 
 | 
- ޔޫ އެން އޭޖެންސީތަކުގެ އެހީގެ ދަށުން ތައްޔާރުކުރެވޭ ހުރިހާ ޕްރޮޖެކްޓްސްތަކުގެ ވޯކްޕްލޭން ހެދިފައިވަނީ ސެކްޓަރގެ ޕޮލިސީ އާއި ސްޓްރެޓަޖިކް ޕްލޭންއާއި އެއްގޮތަށްތޯ ބެލުމަށް މުއައްޒަފުންނާއި ހަވާލުކުރުން
 
- ޔޫ.އެން.އެޖެންސީއާއި ދުނިޔޭގެ އެހެނިހެން ޑޯނަރ އެޖެންސީތަކާއިއެކު ޕްރޮޖެކްޓް ވޯކްޕްލޭންތައް ތައްޔާރުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް މުއައްޒަފުންނާއި ހަވާލުކުރުން
 
- އާ ޕްރޮޖެކްޓްތަކަށް ޕްރޮޖެކްޓް ޕްރޮޕޯސަލް ތައްޔާރުކުރުމަށް މުއައްޒަފުންނަށް އިރުޝާދުދިނުން
 
- ބޭރުގެ އެހީގައި ހިންގޭ ނުވަތަ ކުރުމަށް ރޭވިފައިވާ ޕްރޮޖެކްޓްސްތައް އެހީދޭފަރާތާއި ލިއޭޒްކުރުމަށް އިންޓަރނޭޝަނަލް ރިލޭޝަންސްއަށް ހަވާލުކުރުން
 
- ސެކްޓަރގައި ހިންގާ ޕްރޮޖެކްޓްސްތައް ޕްރޮޖެކްޓް މުއްދަތުގެ މެދުތެރެއިން އަދި ނިމޭއިރު މޮނިޓަރ ކުރުމަށް މުއައްޒަފުންނާއި ހަވާލުކުރުން
 
- ސެކްޓަރގެ ކުރިއެރުމަށްޓަކައި މަޝްރޫއުތަށް ހިންގަންޖެހޭ ދާއިރާތަށް ކަޑައެޅުން
 
- ސެކްޓަރއާއި ގުޅުންހުރި ދާއިރާތަކުން ޔޫ.އެން އެޖެންސީއާއި ގުޅިގެން ހަދާ ވޯކް ޕްލޭންތައް ހިނގާ ނުހިނގާގޮތް މޮނިޓަރ ކުރުމަށް މުއައްޒަފުންނާއި ހަވާލުކުރުން
 
- ޑޯނަރ މޯބިލައިޒޭޝަންގެ މަސައްކަތް މުވައްޒަފުންނާ ހަވާލުކުރުން އަދި މަސައްކަތް ހިނގާ ނުހިނގާގޮތް ބަލާ މުއައްޒަފުންގެ މަސައްކަތްތައް ކުރުމުގައި މަގުދައްކައިދީ އެހީތެރިވެދިނުން.
 
- މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާ ތަމްސީލު ކުރަންޖެހޭ ބައިނަލް އަޤްވާމީ ގަވަނަންސް ބައްދަލުވުން ތަކަށް ބޭނުންވާ ކަރުދާސްތައް ފައިނަލްކުރުމަށާއި މިނިސްޓްރީ އާއި އެހެން ޤައުމުތަކާއި މެދު ބޭއްވޭ ބައްދަލުވުންތަކަށް ތައްޔާރު ވުމަށާއި ބައްދަލުވުން ތަކުގެ ނިންމުންތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް އަދި މަސައްކަތް ހިނގާ ނުހިނގާގޮތް ބަލާ މުއައްޒަފުންގެ މަސައްކަތްތައް ކުރުމުގައި މަގުދައްކައިދީ އެހީތެރިވެދިނުން.
 
- ޞިއްޙީތަފާސް ހިސާބު ގެ ހަރުދަނާ ނިޒާމެއް ސިއްހީ ދާއިރާގައި ގާއިމް ކުރުމުގެ މަސައްކަތްތައް މުވައްޒަފުންނާއި ހަވާލުކޮށް ހިނގާ ނުހިނގާގޮތް ބެލުން.
 
- ނެޝަނަލް ހެލްތް އެކައުންޓްސް އަދި ހެލްތު ފައިނޭންސް އާއި ގުޅޭޤައުމީ ފެންވަރެއްގައި ކުރެވޭޞިއްޙީޚަރަދުތައް ރިވިއުކުރުމަށް މުއައްޒަފުންނާއި ހަވާލުކޮށް ޕޮލިސީ ލެވެލްއާއި ޙިއްސާކުރުން
 
- ރައްޔިތުންނަށް ސަލާމަތް ސިއްޙަތެއް ލިބިދިނުމަށާއި، ސިއްޙީ ރައްކާތެރިކަމާއި ގުޅޭ ސަރުކާރުގެ ސިޔާސަތުތައް ހިމަނައިގެން، މިނިސްޓްރީގެ މައިގަނޑު ޕްލޭންތައް (މާސްޓަރ ޕްލޭން، ސްޓްރެޓެޖިކް ޕްލޭން ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު މޮނިޓަރ ކުރެވޭ އިވެލުއޭޝަން ފްރޭމްވާކް) އެހެން ޑިޕާރޓްމަންޓްތަކާއި ޑިވިޜަންތަކާއި ގުޅިގެން އެކުލަވައިލުމުގެ މަސައްކަތް އަދި ތަންފީޒުކުރެވޭ މިންވަރު މޮނިޓަރ ކުރުމުގެ މަސައްކަތްތައް ވިލަރެސް ކުރުމަށް މުއައްޒަފުންނާއި ހަވާލުކުރުން.
 
- މިނިސްޓްރީގެ މާސްޓަރ ޕްލޭންއާއި ސްޓްރެޓެޖިކް ޕްލޭން ތަންފީޒު ކުރެވެމުންދާ މިންވަރު އެހެން ޑިޕާރޓްމަންޓް ތަކާއި ޑިވިޜަންތަކާއި ގުޅިގެން މޮނިޓަރކޮށް ބެލެހެއްޓުން.
 
- ދާއިރާގެ ޑިޕާޓްމަންޓްތަކުން އެކުލަވާލާ ޓެކްނިކަލް ޕްލޭންތައް އެކުލަވާލުމުގައާއި ބައިނަލްއަގްވާމީ ސިއްހީ ދާއިރާގެ ޕްލޭންތައް އެކުލަވާލުވުގައި އެހީތެރިވެދީ ބައިނަލް އަގްވާމީ މުހިންމު ސިއްހީ މިންގަނޑުތަކާއި ގައުމީ ތަރައްޤީގެ މިންގަނޑުތަކާއި އެލައިން ކުރުމުގެ މަސައްކަތުގައި އެހީތެރިވުން
 
- ޑިވިޝަންގެ މުއައްޒަފުންނަށް މަސައްކަތްތައް ހަވާލުކޮށް، މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލާ މުއައްޒަފުންގެ މަސައްކަތްތައް ކުރުމުގައި މަގުދައްކައިދީ އެހީތެރިވެދިނުން
 
- މިނިސްޓްރީގެ ބަޖެޓްގައި ހިމެނުމަށް ޑިވިޝަންގެ ބަޖެޓް ތައްޔާރުކޮށް އެކައުންޓްސް ޑިވިޝަނަށް ހަވާލުކުރުމުގެ ކަންތައްތައް ބެލެހެއްޓުން
 
- ސެކްޝަނުން ކުރަމުންގެންދާ މަސައްކަތްތައް ފައިލްކުރުމާ އެރެކޯޑްތައް ބެލެހެއްޓޭނޭ ނިޒާމެއް ރާވާ މުއައްޒަފުންލައްވާ އެކަންކަން ގަވާއިދުން ކުރުވާ، ރެކޯޑްތައް ބެލެހެއްޓުން
 
- ޑިވިޜަންގެ ސެކްޝަންތަކުގެ ވެރިންގެ ޕާފޯރމަންސް އެޕްރައިސަލް ހެދުން.
 
- އޮފީހުގެ ރަސްމީ މަސައްކަތާއި ގުޅޭގަތުން ހަވާލު ކުރެވޭ އޮފީސް މަސައްކަތް ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ކުރުން.
 
  | 
| 
 މަޤާމުގެ ޝަރުތުތައް 
 | 
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
 
 
 ނުވަތަ، 
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
 
  | 
| 
 ގުޅޭ ވަޒީފާގެ ދާއިރާ 
 | 
 ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު 
 | 
| 
 ތައުލީމީ ރޮނގުތައް 
 | 
 ކޮމިއުނިޓީ ހެލްތު، ޕްރައިމަރީ ހެލްތު ކެއަރ، ޕަބްލިކް ހެލްތު 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް ހެލްތުގެ health.gov.mv  ވެބްސައިޓުންނާއި ލިބެންހުންނާނެއެވެ.)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
 
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:
 
 
(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ: 
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 
 
  
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   
 
 
(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 
(ނ)  ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު. 
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 
 | 
 ސިވިލްސަރވިސްގެ  ވެބްސައިޓުން ލިބެން ހުންނާނެއެވެ. 
 | 
| 
 މަޤާމަށް އެދެންވީގޮތާއި ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ 21 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން މާފުށީ ޞިއްޙީމަރުކަޒުގެ އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 
 | 
| 
 ޝޯޓް ލިސްޓް ކުރުން 
 | 
 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.   
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު 
 | 
 މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ދެ ހަފްތާ ތެރޭގައި މާފުށީ ޞިއްޙީމަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| 
 ވަޒީފާއަށް ކުރިމަތިލީ 
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން 
 | 
 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6640410 ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ. 
 |