މަސައްކަތް
ނަންބަރު: (IUL)237-C/237/2020/4
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 21:21
ސުންގަޑި: 22 އޮކްޓޫބަރު 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުގޭ އިމާރާތްކުރާ 2 ބުލޮކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން                  

ގެސްޓްހައުސްގެ 02 ނަމްބަރު ބްލޮކްގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިއަތޮޅު ސްޓޭޓްހައުސްގޯތީގެ ދެކުނުކޮޅުގައި ޢިމާރާތްކުރަން ފަށާފައިވާ ގެސްޓްހައުސްގެ 02 ނަންބަރު ބްލޮކް ރާނައި، ސިމެންތިޖަހައި، ތަޅުން އެޅުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ މި އިދާރާގެ ނަންބަރު: (IUL)237-C/237/2020/3(16 ސެޕްޓެންބަރު 2020) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ޙާޟިރުވީ އެންމެ ފަރާތަކުން ކަމަށްވެފައި، އެފަރާތުން ހުށަހެޅި އަންދާސީ ހިސާބުގައި ފޯމާއެކު، ހުށަހަޅަންޖެހޭކަމަށް މަޢުލޫމާތު ކަރުދާހުގައި އަދި އަންދާސީ ހިސާބު ހުށަހަޅާފޯމުގައި ބުނެފައިހުރި ލިޔެކިޔުންތައް ހަމަޔަށް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކަށް އަލުން އެ ފުރުޞަޠު ހުޅުވައިލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިމަސައްކަތާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 އޮކްޓޫބަރު 15 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައެވެ. އަދި މަސައްކަތާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި މިއިދާރާއަށް ގުޅުއްވައިގެން އެ މަޢުލޫމާތެއް ސާފުކުރެއްވޭނެއެވެ.
  3. މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާހާއި އަންދާސީ ހިސާބު ހުށަހަޅާފޯމް މިއިދާރާގެ ވެބްސައިޓުންwww.faafu.gov.mvޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  4. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2020 އޮކުޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރައިގައެވެ. އަންދާސީ ހިސާބު އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ގޯތީގައި ޢިމާރާތް ކުރަމުންދާ ގެސްޓްހައުސްގެ 2 ނަންބަރު ބްލޮކް ރާނައި، ސިމެންތިޖަހައި ތަޅުންއެޅުމުގެ އަންދާސީހިސާބު" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

      ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ /ފ.ނިލަންދޫ، ދިވެހިރާއްޖެ.

 ފޯން: 6740017

އީމެއިލް: [email protected]

19   ޞަފަރު  1442

06  އޮކްޓޫބަރު  2020

06 އޮކްޓޫބަރު 2020