ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2020/122
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:41
ސުންގަޑި: 23 އޮކްޓޫބަރު 2020 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާްމކުރުން

                     ނަންބަރު: (IUL)321/321/2020/122

އިޢުލާން

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫގައި އިމާރާތްކުރާ 100 ގޭގެ ތެރެއިން 50 ގެ ދޫކުރުމުގެ ޢުސޫލުގައިވާގޮތުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދީގެން ތުޅާދޫ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 45 ގޭގެ ތެރެއިން މިދެންނެވި ތަރުތީބުން މަތިން ޕޮއިންޓް ލިބުނު 21 ފަރާތް ކަޑައެޅުމަށްފަހު، އެއާއިޖެހިގެން އެންމެ މަތިން އެއްވަރަށް ޕޮއިންޓްލިބިފައިވާ 137 ފަރާތުގެ މެދުގައި 24 ގެ ލިބޭފަރާތް ކަޑައެޅުމަށް ނަގާ ގުރުއަތުލުން 23 އޮކްޓޫބަރ 2020 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 ގައި ތުޅާދޫސްކޫލް ހޯލްގައި އޮންނާނެއެވެ. މި ގުރުއަތުނެގުމުގެ އެންމެހާ ކަންކަން ހިގަމުންދާނީ  ތުޅާދޫއިން ގޯތިދޫކުރުމުގެ ވިލަރެސް ކޮމެޓީއިން ކަޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ، އަދި މި ބައްދަލުވުން ކުރިއަށްދާނީ HPA ގެ ގައިޑްލައިންއާއި އެއްގޮތައްކަމުގައި ދަންނަވަމެވެ.

މި ޢިއުލާނާއިއެކު މިދަންނަވާ ލިޔެކިޔުންތައް ޢާންމުކުރީމެވެ.

  1. ބ.ތުޅާދޫގައި ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ކެޓަގަރީ A ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 45 ގެލިބޭ ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ހަމަޖެހިފައިވާ ޢުސޫލު.
  2. ބ.ތުޅާދޫގައި އިމަރާތްކުރާ 50 ގޭގެ ތެރެއިން، ބ.ތުޅާދޫ ރައްޔިތުންނަށް ދޫކުރެވޭ 45 ގެއަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް.
  3. ބ.ތުޅާދޫގައި އިމަރާތްކުރާ 50 ގޭގެ ތެރެއިން، ބ.ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ދޫކުރެވޭ 5 ގެއަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް.
  4. 24 ގެ ލިބޭ ފަރާތް ހޯދުމަށްޓަކައި ގުރުއަތައް ހޮވިފައިވާ 137 ފަރާތުގެނަން ހިމެނޭ ލިސްޓް.

ވީމާ، ގުރުއަތައްހޮވިފައިވާ ފަރާތްތަކުން ގުރުނެގުމަށް 23 އޮކްޓޫބަރ 2020 ވާ ހުކުރު ދުވަހުގެ 14:00 އަށް ތުޅާދޫސްކޫލް އަށް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. އަދި ގުރުއަތަކާއިނުލާ ގެ ލިބޭ ފަރާތްތަކަށްވެސް މިބައްދަލުވުމަށް ވަޑައިގަތުމަށް ދައުވަތުއަރުވަމެވެ. މި ބައްދަލުވުމުގައި، ގެ ލިބޭހުރިހާ ފަރާތްތަކުގެ މެދުގައި ލިބޭ ގެ ކަޑައެޅުމަށް ގުރުނެގުންވެސް އޮންނާނެއެވެ.

އަދި ދަންނަވަމެވެ. ފޯމްހުށަހެޅުއްވި ފަރާތުން، އެއްވެސް ސަބަބަކާހުރެ ގުރުނެގުމުގައި ބައިވެރިނުވެވޭނަމަ، އެފަރާތެއްގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވާނެ ފަރާތެއްގެ ނަމާއި، އެޑްރެސް، އައި.ޑީ ކާޑުނަންބަރު ހިމެނޭގޮތަށް 2020 އޮކްޓޯބަރު 22 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތުޅާދޫ ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހަޅަންވާނެއެވެ. ފޯމްހުށަހެޅުއްވި ފަރާތުން، ނުވަތަ އެފަރާތުގެ ބަދަލުގައި ގުރުނެގުމުގައި ބައިވެރިވާ ފަރާތުންވެސް، ގުރުލުމަށް ޙާޟިރުނުވެއްޖެނަމަ، އެފަރާތުގެ ބަދަލުގައި ގުރުނަގާނީ، ތުޅާދޫން ގޯތި ދޫކުރުމުގެ ވިލަރެސްކުރާ ކޮމިޓީން ކަނޑައަޅާ ފަރާތަކުންނެވެ.

 

                   21  ޞަފަރު   1442

08 އޮކްޓޫބަރު 2020