ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-72/2013/06
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2013
ޕަބްލިޝްކުރި ގަޑި: 21:08
ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
އެސިސްޓެންޓް ސްޕޯޓްސް ސްޕަވައިޒަރ

މަޤާމް :އެސިސްޓެންޓް ސްޕޯރޓްސް ސްޕަވައިޒާރ
ބޭނުންވާ އަދަދު :1

އެސިސްޓެންޓް ސްޕޯޓްސް ސްޕަވައިޒާރ

މަޤާމް :

އެސިސްޓެންޓް އޮފިސަރ ގުރޭޑް 2

ސްޕެސިފިކޭޝަން:

ޖީ.އެސް 2

ރޭންކް:

މުސާރަ:-/4000ރ ސާވިސް އެލަވަންސް: -/1500ރ

މުސާރައާއި އެލަވަންސް:

ހަމަޖެހިފައިވާ އުސޫލުގެމަތިން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

އެހެނިހެން އިނާޔަތްތައް:

1 ( އެކެއް )

ބޭނުންވާ އަދަދު :

ޢަފީފުއްދީން ސްކޫލް

މަޤާމް އޮތް އޮފީސް :

ޢަފީފުއްދީން ސްކޫލް / ހދ. ކުޅުދުއްފުށި

ވަޒީފާއަދާކުރަންޖެހޭތަނާއިރަށް:

މައިގަނޑު މަސްއޫލިއްޔަތު:

  • ސްކޫލްގައި ހިންގާ ކުޅިވަރުގެ ހަރަކާތްތައް ރާވާ ހިންގުން
  • ފިޒިކަލް އެޑިއުކޭޝަންގެ ގަޑިތައް ނަންގަވާ ޓީޗަރުންނާއި އެކު ކޯރޑިނޭޝަން މީޓިންތައްބާއްވާ އެގަޑިތަށް ކުރިޔަށްގެންދާނެ ގޮތްތައް ރޭވުން.
  • ހަވާލުކުރެވޭ ފިޒިކަލް އެޑިއުކޭޝަންގެ ގަޑިތައް ޓައިމްޓޭބަލާއި އެއްގޮތަށް ނެގުން. 
  • ކުޅިވަރުގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި ދަރިވަރުންކުޅިވަރުގެ ހަރަކާތްތަކަށް ތައްޔާރުކުރުން.
  • ސްކޫލުގައި ހިންގާ ކުޅިވަރުގެ ހަރަކާތްތަކުގެ ރިކޯރޑު ބަލަހައްޓާ އެތަކެތި ލީޑިންގ ޓީޗަރުންނާއި ޓީޗަރުންނަށް ފަސޭހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.

ޝަރުތު:

1.މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭދައިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2.މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

3.ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 2 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން، ނުވަތަ

4.މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 1 ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

  1. މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ.އެސް 2 ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން، ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެ ފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައިވުން.

- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތަށް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ތަކެތި :

- އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ކޮޕީ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖަހާފައި.

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު.

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވޯރކްޝޮޕްތަކުގެ ލިޔުންތަކުގެ ފޮޓޯކޮޕީގެ އަސްލާ އެއްގޮތް ކަމުގެ ތައްގަނޑުޖަހާފައިވާ އަސްލު.

- ސިވިލްސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މިމަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް ، އެމުވައްޒަފު ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް.

- ސިވިލްސަރވިސްގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުން ، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުންދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"

ނޯޓް: ތަޖުރިބާގެ މުއްދަތު ގުނާނީ ވަނަވަރުގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

ސުންގަޑި : މިމަޤާމަށް ޝައުޤުވެރިވެލައްވާ،ޝަރުތު ހަމަވާ ފަރާތްތަކުން ވަޒީފާއަށް އެދި ހުށައަޅާފޯމާއި މަތީގައި ބަޔާން ކުރެވިފައިވާ ތަކެތި  ފުރިހަމަކުރެއްވުމަށްފަހު 10:00ގެ ކުރިން މިސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:މިއީ 17 މާރޗް 2013 ގައި މިސްކޫލުން ކުރި އިޢުލާން ނަންބަރGS-72/2013/05: އާއި ގުޅިގެން ކުރިމަތިލީ ފަރާތުގެ ޝަރުޠު ހަމަނުވާތީ އަލުން އެމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ދިނުމުގެ ގޮތުން ކުރެވިފައިވާ އިޢުލާނެކެވެ. މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިސްކޫލުންނާއި ސިވިލްސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިމަޤާމަށް މީހަކުހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއުބޭއްވުމަށް ހަމަޖެހިފައިވަނީ 11 އޭޕްރީލް 2013  އާއި 20 އޭޕްރީލް 2013 އާއި ދެމެދު ޢަފީފުއްދީން ސްކޫލުގައެވެ. އިތުރުމަޢުލޫމާތެއް ސާފުކުރަށްވަން ބޭނުންފުޅުނަމަ  6528041 ގުޅުއްވުން އެދެމެވެ.

28 މާރިޗު 2013