ދިވެހިރާއްޖެ
އިއުލާން
ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރަން ބޭނުންވާފަރާތްތަކަށް މިރަށުން ބިންދޫކުރުން
މިރަށުން ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރުމަށް ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.
ވީމާ، ހައިޑްރޯޕޯނިކްސް ދަނޑުވެރިކަން ކުރުމަށް ކުލީބިން ބޭނުންވާ ފަރާތްތަކުން 2020 އޮކްޓޯބަރ 13 އިން 20 ގެ ނިޔަލަށް ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ، މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި މިކަމާގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ.
މިކަމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ކުންފުނި، ޕާޓްނަރޝިޕް، ފަރުދީވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ފޯމު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ.
ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް އިވެލުއޭޓް ކުރުމާބެހޭ މަޢުލޫމާތު ކަރުދާސް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ. މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްގައި ތިރީގައި އެވާ ކަންކަން ފުރިހަމަކުރެވިފައި ހުންނަން ވާނެއެވެ.
- ބިން ކުއްޔަށް ހިފަން ބެނުންވާ އަގު
- ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު.
- ބިން ތަރައްޤީ ކުރާނެ ގޮތުގެ ޕްލޭން.
- ދާއިރާއާއި ގުޅުންހުރި މަސައްކަތުގެ ތަޖުރިބާ.
- ބިން ޙަވާލުކުރާތާ 15 އަހަރު ދުވަހުގެ ތެރޭގައި އިޖުތިމާޢީ ގޮތުން ރަށަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކުގެ ޕްލޭން.
މި ކަމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް ބަލައިގަތުން އޮންނާނީ 26 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 11:00ގައި ޕްރޮޕޯސަލްތައް ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.