މަސައްކަތް
ނަންބަރު: (IUL)438-ENV/438/2020/168
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 19:10
ސުންގަޑި: 20 އޮކްޓޫބަރު 2020 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއްކަމަށްވާ އެޗްސީއެފްސީ އަދި ދުނިޔެ ހޫނުވުމަށް އަސަރުކުރުވާ ގޭހެއްކަމަށްވާ އެޗްއެފްސީ އެކުލެވޭ ފިނިކުރާ ނިޒާމްތައް ތިމާވެށްޓާއި ރައްޓެހި ގޭހަކަށް ބަދަލުކުރުން (ހަތަރު ވަނަ އިއުލާނު)

އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާއެއް ކަމަށްވާ އެޗްސީއެފްސީ އަދި އެޗްއެފްސީ އެކުލެވޭ ފިނިކުރާ ނިޒާމްތައް، ތިމާވެށްޓާއި ރައްޓެހި ގޭހަށް ބަދަލުކުރުމަށް ޝައުގުވެރިވެލައްވާ ފަރާތަތަކަށް ބިޑް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމަވެ.

މި މިސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 2020 އޮކްޓޫބަރު 14  ވާ ބުދަ ދުވަހު 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

ބިޑް ސެކިއުރިޓީ

މި މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 6365 ދިވެހި ރުފިޔާ (ހަ ހާސް ތިން ސަތޭކަ ފަސްދޮޅަސް ފަހެއް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޙުން ފެށިގެން 90 ދުވަހެވެ. އަދި، ބިޑް ސެކިއުރިޓީ ވާންޖެހޭނީ ސަރުކާރުން ގަބޫލުކުރާ ބޭންކަކުން ނުވަތަ ފައިނޭޝަލް އިންސްޓިޓިއުޝަނަކުން ދޫކޮށްފައިވާ ސެކިއުރިޓީއަކަށް ކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60  ދުވަސް އޮންނަންވާނެއެވެ.

 ބީލަން ހުށަހަޅާނީ 2020 އޮކްޓޫބަރު 20  ވާ އަންގާރަ ދުވަހު 11:00  ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުގެ ރިސެޕްޝަނަށްށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަ  އަނބުރާ ރައްދު ކުރެވޭނެއެވެ.

 ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޫބަރު 20  ވާ އަންގާރަ ދުވަހު 11:00 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

ބިޑް ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މަޝްރޫއުގެ ނަން: ފިނިކުރާ ނިޒާމްތައް ތިމާވެށްޓާއި ރައްޓެހި ގޭހަކަށް ބަދަލުކުރުން 

އިޢުލާނުނަންބަރު:  (IUL)438-ENV/438/2020/168

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)

 ނޯޓް:

މަޢުލޫމާތު ފުރިހަމަ ނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

07 އޮކްޓޫބަރު 2020