މަސައްކަތް
ނަންބަރު: 20/2020/(IUL)P2C
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 13 އޮކްޓޫބަރު 2020 13:00
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކުރުން.

މި ކޯޓުގެ ބައެއް އޭސީތައް ސާވިސް ކުރުން.

 

މި ކޯޓުގެ ނަންބަރު 18/2020/(IUL)P2C އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށަހަޅާފައި ނުވާތީ އެއިޢުލާން ބާތިލްކޮށް ތިރީގައި ދެންނެވިފައި އެވާ އޭސީތަށް ސާވިސް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

 

މި ދެންނެވުނު އޭސީ ތަކުގައި ދިމާވެފައިވާ ކަމަށް ބެލެވޭ މައްސަތަކުގެ ތަފްސީލް ތިރީގައި އެވަނީ އެވެ.

 

#

ބްރޭންޑް/ސައިޒު

ދިމާވެފައިވާ މައްސަލަ

1

HITACHI 12000BTU

އެއްވެސް ވަރަކަށް ފިނިނުވުން

2

HITACHI 24000BTU

އެކަށީގެންވާ ވަރަށް ފިނިނުވުން

3

HITACHI 24000BTU

އެކަށީގެންވާ ވަރަށް ފިނިނުވުން

4

HITACHI 18000BTU

ފިނިނުވުމާއި، އައުޓުޑޯ ޔުނިޓުގެ އަޑު ބާރުވުން

5

HITACHI 18000BTU

އިންޑޯ ޔުނިޓުގެ އަޑު ބާރުވުން

 

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 12:30 ގެ ކުރިން 9553003 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު ހަމައެދުވަހުގެ (13 އޮކްޓޯބަރ 2020)  13:00 އަށް މިކޯޓަށް ޙާޟިރުވެ ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.    

 

އިތުރު މަޢުލޫމާތު

  1. އޭސީތައް ސާވިސް ކުރުމުގެ ތެރޭގައި އެއްވެސް އޭސީ އަކުން އެއްވެސް މައްސަލައެއް ފާހަގަ ވާނަމަ އެ ކަމެއް ހައްލު ކުރަންވާނީ އެމަސައްކަތް ކުރުމަށް ހުއްދަ ލިބިގެންނެއެވެ.
  2. ކޯޓޭޝަނުގައި މަސައްކަތް ކުރެވޭނެ އަގާއި މަސައްކަތުގެ މުއްދަތު ބަޔާންކޮށްފައި އޮންނަށް ވާނެއެވެ.
  3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާރޓްނަރޝިޕެއް) ނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ އައިޑީކާޑު ހުށަހަޅަންވާނެއެވެ.
  4. މަސައްކަތް ހަވާލުކުރެވޭނީ މިމަސައްކަތް ކުރުމަށް އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.
07 އޮކްޓޫބަރު 2020