މަސައްކަތް
ނަންބަރު: (IUL)373/INDIV/2020/36
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 08:09
ސުންގަޑި: 11 އޮކްޓޫބަރު 2020 13:00
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އަންދާސީ ހިސާބު ހޯދުން

ފ. ދަރަނބޫދޫ އެކޮމަޑޭޝަން ބުލޮކްއާޢިމާރާތުގެކުޑަދޮރުތައް ހަދައި ހަރުކުރުމުގެމަސައްކަތް، މިއިދާރާއިންދޭ ނަމޫނާއާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި، ކޮށްދެވިދާނެ ފަރާތެއް ހޯދަންބޭނުންވާތީ އެކަމުގެ އެފުޞަތު ހުޅުވާލަމެވެ.

ވީމާ،އެމަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާ ފޯމް ފުރިހަމަ ކުރައްވައި 2020 އޮކްޓޯބަރ 14 ވާ ބުދަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާއަށް ދުރުވެދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުން އޮންނާނީ 2020 އޮކްޓޯބަރ 11 ވާ އާދީއަތްދުވަހުގެ 13:00 ގައި މިއިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. ކޮމްޕެނީ، ކުލަބު ޖަމުއިއްޔާ،ކޮމެޓީތަކުގެ ނަމުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ،އަންދާސީ ހިސާބު ހުށަހަޅާއިރު އެފަރާތުގެ ރަސްމީ ސިޓީއެއް ގެންނަން ޖެހޭނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބު ތަކާއި، ފޯމުގައިވާ މަޢުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީ މިއިދާރާގެ 6740015 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 އޮކްޓޫބަރު 2020