ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓު
ހޯރަފުށި
ދިވެހިރާއްޖެ
ނަންބަރު: 05/2020/2C-6CA
އިޢުލާން
ދައުލަތުގެ އޮފީހަކުން މުދައު ބޭނުންވޭތޯ ބެލުން
ތިރީގައި މިދަންނަވާ މުދަލަކީ ބައުވެ ޙަލާކުވެފައިވާ މުދާ ކަމަށްވާތީ، "ދައުލަތުގެ މުދާ އެއްއޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުސޫލު"ގެ 2 ވަނަ ނަންބަރުގެ (ހ) ގައިވާ ގޮތުގެ މަތިން ސަރުކާރުގެ އެއްވެސް އިދާރާއަކުން މިތަކެތި ބޭނުންވޭތޯ ބެލުމަށް އާންމުކޮށް އިޢުލާންކުރަމެވެ.
ވީމާ، ސަރުކާރުގެ އެއްވެސް އިދާރާއަކުން މިތަކެތި ބަލަން ބޭނުންވެއްޖެނަމަ، ރަސްމީ ދުވަސްތަކުގައި، 10:00 ން 13:30 އާ ދެމެދު މިކޯޓަށް ވަޑައިގެން އެތަކެތި ބެއްލެވުމަށްފަހު، ބޭނުންވާތަކެތި މިއަދު (06 އޮކްޓޯބަރ 2020) ން ފެށިގެން 07 ދުވަހުގެ ތެރޭގައި ލިޔުމަކުން އަންގަވައި ދެއްވުން އެދެމެވެ.
ޢަދަދު |
ތަކެތީގެ ބާވަތް |
މިހާރުގެ ކޮންޑިޝަން / ޙާލަތު |
02 |
ސެކްރެޓަރީ ޗެއަރ (ލޯބެކް ޗެއަރ) |
ހަލާކުވެފައި |
01 |
ފާރުގައި ބަހައްޓާ ގަޑި |
ހަލާކުވެފައި |
02 |
ބެންޗް ޗެއަރ (4 ގޮނޑީގެ) |
ބައުވެ، ސީޓްތައް ހަލާކުވެފައި |
01 |
ފަންކާ (ސީލިންގް) |
ހަލާކުވެފައި |
03 |
ކަލްކިއުލޭޓަރ |
މައްސަލަޖެހިފައި |
01 |
ހީރަސްޖަހާ ދަތި |
ހަލާކުވެފައި |
02 |
ދަބަސް |
ހަލާކުވެފައި |
02 |
ކޮމްޕިއުޓަރ މޮނިޓަރ |
ހަލާކުވެފައި |
01 |
ފޮޓޯކޮޕީ މެޝިން |
ހަލާކުވެފައި |
02 |
ފެކްސް މެޝިން |
ހަލާކުވެފައި |
02 |
ކީބޯޑް (ކޮމްޕިއުޓަރ) |
ބައުވެފައި |
05 |
ބެކަޕް (ޔޫޕީއެސް) |
ހަލާކުވެފައި |
02 |
ސީޕީޔޫ |
ހަލާކުވެފައި |
03 |
އެއަރ ކަންޑިޝަން |
ހަލާކުވެފައި |
01 |
ފެންމޯޓަރު |
ހަލާކުވެފައި |
01 |
ސްޕީކަރ |
ހަލާކުވެފައި |
03 |
މައުސް (ކޮމްޕިއުޓަރ) |
ހަލާކުވެފައި |
01 |
އަލިފާންނިވާ ފުޅި (Water) |
މުއްދަތުހަމަވެފައި |
01 |
އަލިފާންނިވާ ފުޅި (CO2) |
މުއްދަތުހަމަވެފައި |
01 |
ޕްރިންޓަރ |
ހަލާކުވެފައި |
03 |
ބޮކިފަތި |
ހަލާކުވެފައި |
01 |
އަތްގަނޑު ތަޅު |
ހަލާކުވެފައި |
01 |
އަތްގަނޑުތަކުގެ ބައިތައް (ހަލާކުވެގެންނަގާފައިވާ ތަޅުތަކުގެ) |
ހަލާކުވެފައި |
01 |
4 ބްރެކެޓް (އެއަރ ކަންޑިޝަންގެ) |
ދަބަރުޖަހައި ހަލާކުވެފައި |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
06 އޮކްޓޯބަރ 2020