ދިވެހިރާއްޖެ
ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު – ފުރަތަމަ އިޞްލާޙު
ނަންބަރު 2020/6
1. |
ތަޢާރަފާއި ނަން |
(ހ) |
މިއުޞޫލަކީ ޤަވާއިދު ނަންބަރު 2013/R-820 (އޮޑިހަރުގެއާއި ބެހޭ ޤަވާއިދު) ގެ 15 ވަނަ މާއްދާގެ ދަށުން، ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލުމާއި ބޭލުމުގައި ޢަމަލުކުރާނެ މިންގަނޑު ކަނޑައެޅުމަށް އެކުލަވާލާފައިވާ އުޞޫލެކެވެ. |
(ށ) |
މި އުޞޫލަށް ކިޔާނީ "ރ. މަޑުއްވަރީއަށް އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" އެވެ. |
||
2. |
މަޤްޞަދު |
|
މިއުޞޫލުގެ މަޤްޞަދަކީ ރ.މަޑުއްވަރީގައި އޮޑިދޯނިފަހަރު އެހެލާ ބޭލުމުގައި ކުރިމަތިވާ ދަތިތައް ޙައްލުކުރުމާއި، ކަނޑައެޅިފައިވާ އުޞޫލަކުން އޮޑިދޯނިފަހަރު އެހެލާ ބޭލުމުގެ ކަންކަން އިންތިޒާމުކުރުމާއި، ރަށުންބޭރު އޮޑިދޯނިފަހަރަށްވުރެ، ރަށަށް ނިސްބަތްވާ އޮޑޮދޯނިފަހަރަށް އިސްކަންދީގެން އެހެލާ ބޭލުމުގައި ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމެވެ. |
3. |
ޢަމަލުކުރަން ފަށާ ތާރީޚް |
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ 2020 އޮކްޓޫބަރު 1 ވަނަ ދުވަހުން ފެށިގެންނެވެ. |
4. |
ކައުންސިލުން ހުއްދަދިނުން |
|
މިއުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން، ރ.މަޑުއްވަރީއަށް އެއްވެސް އޮޑިއެއް އެހެލަންވާނީ، އަދި އޮޑިއެއް ބާލަންވާނީ، މިއުސޫލުގެ ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހަޅައި، ކައުންސިލުން ހުއްދަ ދިނުމުންނެވެ. |
5. |
ޒިންމާ ނެގުން |
(ހ) |
ރަށަށް އެއްވެސް އޮޑިއެއް އެހެލާނަމަ، މުއާމަލާތުކުރުމާއި ޒިންމާނަގާނެ ފަރާތެއްގެ ގޮތުގައި، އަދި ކުލި ދެއްކުމަށް ގެރެންޓަރއެއްގެ ގޮތުގައި ރ.މަޑުއްވަރީގެ ރައްޔިތަކު ހުންނަންވާނެއެވެ. އަދި ޖަދުވަލު 1 ގައިވާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ގައި އެފަރާތުގެ މަޢުލޫމާތު ފުރިހަމަކުރަންވާނެއެވެ. |
|
|
(ށ) |
މިއުޞޫލަށް ޢަމަލުކުރުމުގައި ރަށަށް ނިސްބަތްވާ އޮޑިއެއް ކަމުގައި ބެލެވޭނެ ޙާލަތްތައް ތިރީގައި އެވަނީއެވެ.
|
|
|
(ނ) |
މިމާއްދާގެ (ށ) ގައި ބަޔާންކުރާ އުޅަނދުފަހަރު ފިޔަވައި އެހެން އުޅަނދުފަހަރު ބެލެވޭނީ ރަށުން ބޭރު އުޅަނދުފަހަރުގެ ގޮތުގައެވެ. |
6. |
އޮޑި މަރާމާތު ކުރުން |
(ހ) |
އޮޑި އެހެލުމަށްފަހު، އެ އޮޑިއެއް މަރާމާތުކުރުމުގެ މަސައްކަތް ކުރަންވާނީ ތިރީގައި ބަޔާންކުރާ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.
|
7. |
އޮޑި އެހެލާފައި ބާއްވާ ބިމުން ނެގޭ ކުލި |
(ހ) |
މިއުޞޫލުގެ ދަށުން ނެގޭ ކުލި ނަގަންފަށަންވާނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް، އޮޑިއެހެލާ ބޭލުމުގެ ކުރިން އުޞޫލުގައި ބަޔާންކުރާ ފޯމު ހުށަހަޅައި ކައުންސިލްގެ ހުއްދަ ހޯދަންވާނެއެވެ. |
(ށ) |
ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން 10 ދުވަސް ނިމުމަށްފަހު 11 ވަނަ ދުވަހުން ފެށިގެން އޮޑި ބާލާދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 20/- (ދެލާރި) ގެ ރޭޓުންނެވެ. |
||
(ނ) |
ރަށުން ބޭރު އޮޑިދޯނިފަހަރު އެހެލާފައި ބާއްވާ ބިމުން ކުލި ނެގޭނީ، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ދުވަހާއި ހަމައަށް ދުވާލަކަށް އަކަފޫޓަކަށް 10/- (ދިހަލާރި) ގެ ރޭޓުންނެވެ. |
||
(ރ) |
އަކަފޫޓުގެ ގޮތުގައި ބަލާނީ އޮޑީގެ ދިގުމިނާއި ފުޅާމިނަށް ބަލައިގެންނެވެ. ފުޅާމިން ކަމުގައި ބަލާނީ އޮޑީގެ އެންމެ ފުޅާ ހިސާބުގެ މިނެވެ. |
||
(ބ) |
ރަށަށް ނިސްބަތްވާ އޮޑިދޯނިފަހަރު އެހެލާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އޮޑި ބާލާނަމަ، އެއްވެސް ކުއްޔެއް ދައްކާކަށް ނުޖެހޭނެއެވެ. ރަށުން ބޭރު އުޅަނދެއްނަމަ، އޮޑިއެހެލާ ދުވަހުން ފެށިގެން ކުލި ހިނގަން ފަށާނެވެ. |
||
(ޅ) |
ކުލި ދައްކަންވާނީ ދުވާލަކަށް ޖެހޭ އަދަދު، އޮޑި އެހެލާ ތާރީޚުން ފެށިގެން އޮޑި ބާލާ ތާރީޚާއި ދެމެދު ހިނގާ ދުވަހުގެ އަދަދާއި ގުނަކުރުމުން ޖެހޭ ޖުމްލަ އަދަދެވެ. |
||
(ކ) |
މިއުޞޫލުގެ ދަށުން އެހެލާފައިވާ އޮޑިދޯނިފަހަރު ބާލަންވާނީ، އޮޑިއެހެލުމަށް ހުއްދަ ދިން ފޯމު ހުށަހަޅައި، އޮޑި ބޭލުމުގެ ހުއްދަ ކައުންސިލުން ހޯދުމަށްފަހުއެވެ. އަދި އޮޑި ބާލާ ތާރީޚުން ފެށިގެން 3 ދުވަސް ތެރޭގައި މިކަމާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ ކައުންސިލް އިދާރާއަށް ދައްކައި ޚަލާސްކުރަންވާނެއެވެ. |
||
|
|
(އ) |
1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ "އޮޑިދޯނިފަހަރު އެހެލާ ބޭލުމަށް އެދި ހުށަހަޅާ ފޯމު" ހުށަހަޅަންވާނެއެވެ. މިއުޅަނދުތަކަށް ކުލި ހިނގަން ފަށާނީ 1 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެންނެވެ. |
8. |
ޖޫރިމަނާ |
(ހ) |
1 ޖަނަވަރީ 2021 އާއި ހަމައަށް ރަށުގައި އެހެލާފައި ހުރި އުޅަނދުފަހަރުގެ ވެރިން ނުވަތަ ޒިންމާވާ ފަރާތްތަކުން، އެތާރީޚުގެ ކުރިން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ. |
(ށ) |
1 ޖަނަވަރީ 2021 ގެ ފަހުން މިއުޞޫލުގައި ބަޔާންކުރާ ފޯމު ހުށަނާޅައި ނުވަތަ ކައުންސިލްގެ ހުއްދަ ހޯދުމަކާނުލައި އޮޑިއެއް އެހެލައިފިނަމަ، ފޯމު ހުށަނާޅައި އޮންނަ ކޮންމެ ދުވަހަކަށް -/250 (ދުއިސައްތަ ފަންސާސް ރުފިޔާ) ގެ ރޭޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ބިމުކުލީގެ ފައިސާ ކައުންސިލުން ބަލައިގަންނާނީ ޖޫރިމަނާ ފައިސާއާއި އެކުގައެވެ. |
||
(ނ) |
އޮޑި ބާލާ ތާރީޚުން ފެށިގެން 3 މަސްދުވަސް ތެރޭގައި، މިކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ، ކައުންސިލުން އެފައިސާ ހޯދުމަށް ޝަރީޢަތަށް ހުށަހަޅަންވާނެއެވެ. |
||
9. |
މާނަކުރުން |
(ހ) |
މި އުޞޫލުގައި "އޮޑި" އަދި "އޮޑިދޯނިފަހަރު" އެއީ ކަނޑުގައި ދުއްވާ އެންމެހާ އުޅަނދުފަހަރެވެ. |
(ށ) |
މި އުޞޫލުގައި "ކައުންސިލް" ކަމަށް ބުނެފައި އެވަނީ މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލަށެވެ. |