ދިވެހިރާއްޖެ
ބަނދިގެއިން އުކާލާ ކުނި ރައްކާތެރި ގޮތުގައި (ކުނިވާޒާތުގެ ކުނި ) އުކާލުމުގެ ކަންކަން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384-A/2020/44 ނަމްބަރ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފައުޅުކޮށްފައި ނުވާތީ، އަލުން މި މަސައްކަތްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި ކުނި ރަށުގެ ގެތަކުން ޖަމާކުރާނީ ކައުންސިލުން ކަނޑައަޅާ ތަނަކަށެވެ. މިތަނަށް މިތަކެތި ޖަމާވަމުންދާ ވަރަކަށް، ރައްކާތެރި ގޮތުގައި މިތަކެތި މޫދަށް އުކާލަންޖެހޭނެއެވެ. ކުނި އެޅުމަށް ބޭނުންވާ ޑަސްބިން ފޯރުކޮށްދޭނީ މިއިދާރާއިންނެވެ. ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ސާމާނު ނުވަތަ ހޯދަންޖެހޭ ތަކެތި ހޯދާނީ މަސައްކަތް ނަގާފަރާތަކުންނެވެ.
ކުނި އުކުމަށް ހަމަޖައްސާފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00އިން 8:00ށް އަދި ހަވީރު 16:00އިން 18:00އަށެވެ. މި ޚިދުމަތް ހޯދުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެންމެ ބޮޑުއަގަކީ މަހަކަށް -/4000.00 އެވެ.
އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނެގޮތް
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
v މިމާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
100% |
އަގު |
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 14 އޮކްޓޯބަރ 2020ވާ ބުދަ ދުވަހުގެ 11:00އަށް ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތް ކުރުމަށް އެދުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކާއި އަދި ވިޔަފާރިތަކަށް ވަނީ ހުޅުވާލެވިފައެވެ. އަމިއްލަ ފަރާތްތަކުން އެސްޓިމޭޓް ހުށަހަޅުއްވާއިރު އައިޑީ ކާޑް ކޮޕީ އަދި ވިޔަފާރިތަކުން ހުށަހަޅުއްވާނަމަ ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780034 މިނަމްބަރަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.