ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)30-G/30/2020/100
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 15 އޮކްޓޫބަރު 2020 14:00
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 07 އޮކްޓޫބަރު 2020 17:01 ގައި ބާތިލް ކުރެވިފައެވެ.


މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް

އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މި މިނިސްޓްރީން ކުރިއަށްގެންދިއުމަށް ރާވާފައިވާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް]  އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                 ޕްރޮޖެކްޓް ޑިރެކްޓަރ

ގިންތި:                   ކޮންޓްރެކްޓް (1 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                  22,240 /- ރުފިޔާ އާއި 30,880/- އާއި ދެމެދު

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި.

މަޤާމުގެ ޝަރުތު:

ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ދަނޑުވެރުކަމާއި ގުޅުން ހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މަގާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 5 – 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މިމިނިސްޓްރީގެ ވެބްސައިޓުގެ ތިރީގައިވާ ލިންކް އިން ލިބިވަޑައިގަންނަވާނެއެވެ.

 

https://www.gov.mv/dv/files/tor-for-project-director.pdf--1

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީ (ހ. ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3339244 ނުވަތަ 3339291  ފޯނާއި ގުޅުއްވުން އެދެމެވެ.

                      19 ޞަފަރު   1442

06 އޮކްޓޫބަރު 2020