ގަންނަން ބޭނުންވާ ތަކެތި
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 18:02
ސުންގަޑި: 11 އޮކްޓޫބަރު 2020 10:00
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން

 

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނަށް ކޮމްޕިއުޓަރ ސާމާނު ގަތުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ އިރުޝާދާއެއްގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.                                                     

ބީލަމަށް ކުރިމަތިލެވޭނެ ފަރާތްތައް

ބީލަން ހުޅުވާލެވިފައިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި  ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

 

#

ތަފްސީލް

1

ބީލަމުގެ މަޢުލޫމާތު

1.1

ބީލަމާއި ގުޅިގެން ސާފުކުރަންޖެހޭ މަޢުލޫމާތެއް ވާނަމަ އެ ސުވާލެއް ފޮނުވަންވާނީ، މަޢުލޫމާތު ސާފުކުރުމަށް ދެވިފައިވާ  މުއްދަތުގެ ތެރޭގައި ތިރީގައި އެވާ އީމެއިލް އެޑްރެހަށެވެ. އީމެއިލް:[email protected]

1.2

ބީލަން ހުށަހަޅަންޖެހޭނީ:

ތަން: އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް، 7 ވަނަ ފަންގިފިލާ، ހ. އޯކިޑް ބިލްޑިންގ، އަމީރު އަޙްމަދު މަގު، މާލެ

ތާރީޚް: 11 އޮކްޓޯބަރ 2020

ގަޑި: 00:10

2

ބީލަން ތައްޔާރުކުރުން

2.1

ބީލަމުގައި ބޭނުން ކުރެވޭ ބަސް

ބީލަން ހުށަހަޅާ ފަރާތުން ބީލަން ތައްޔާރު ކުރަންވާނީ ބީލަމާއިއެކު ދީފައިވާ ނަމޫނާއާ އެއްގޮތަށެވެ. އަދި ބީލަމާއިއެކު ހުށަހަޅަންޖެހޭ ރިފަރެންސް ލިޔުންތައް އިގިރޭސި ބަހުން ހުށަހެޅިދާނެއެވެ.

2.2

ބީލަމުގައި ބޭނުން ކުރާ ފައިސާ

މި ބީލަމުގައި އަގު ކުރެވިފައި ހުންނަންވާނީ ދިވެހި ރުފިޔާއިން ޖީއެސްޓީއަށް ދައްކާ އަދަދު ހިމަނައިގެންނެވެ.

2.3

ބީލަމުގެ މުއްދަތު

ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް އޮންނަންވާނީ ބީލަން ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހުގެ މުއްދަތަށެވެ.

3

ބީލަން ހުށަހެޅުން

3.1

ބީލަން ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ ބީލަމެއްކަން އެގެން އޮންނަންވާނެއެވެ.

3.2

އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެން ދިވެހި ރުފިޔާއިންނެވެ. ހުށަހަޅާ ބީލަމުގައި އަގުތައް ސާފުކޮށް އެނގެން އޮންނަންވާނެއެވެ. އަގު ހުށަހެޅުމަށް ދެވިފައިވާ ހުރިހާ ބައިތަކަށް އަގު ހުށަހަޅަންވާނެއެވެ. އަދި އަގު ހުށަހަޅާ ފޯމް ފުރިހަމަކުރަންވާނެއެވެ. 

3.3

ބީލަން ހުށަހަޅަން ކަނޑައެޅިފައިވާ ގަޑި ފާއިތުވުމަށްފަހު ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ބަންދުކޮށްފައިވާ އުރަ ކެނޑުމަށް ހަމަޖެހިފައިވަނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި ބީލަން ހުށަހަޅާ ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައެވެ. ބީލަން ހުށަހެޅުމަށްފަހު، އަގަށް ބަދަލެއް ނުގެނެވޭނެއެވެ. ބީލަން ހުޅުވަން ކަނޑައެޅިފައިވާ ގަޑި ޖެހުމުގެ ކުރިން ހުޅުވަން ކަނޑައެޅިފައިވާ ތަނާއި ގަޑި ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

3.4

ބީލަން ހުށަހަޅާ ފަރާތުން ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާން ވާނެއެވެ. އަދި މިގޮތުން ހުށަހަޅާ ބީލަމާބެހޭ ގޮތުން މަޢުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހިނދެއްގައި އެފަދަ މަޢުލޫމާތެއް ދެވޭވަރުގެ މީހަކު ހާޟިރުވާން ވާނެއެވެ. ބީލަން ހުށަހެޅުމުގެ ކުރިން ޚިލާފު އުފެދޭ ނުވަތަ އޮޅުންއަރާ އެއްވެސް ކަމެއް ސާފުކުރަން ބޭނުންވެއްޖެނަމަ އެކަމެއް ސާފުކުރަންޖެހޭނެއެވެ. ބީލަން ހުށަހެޅުމަށް ހާޟިރުވާ ކޮންމެ ފަރާތަކުން ހުށަހެޅޭނީ އެންމެ ބީލަމެކެވެ.

3.5

މިބީލަމާއި ގުޅިގެން އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން އެމެންޑްމެންޓެއް ދެވޭނަމަ އެއެމެންޑްމެންޓެއް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުގެ ވެބްސައިޓުގައި އަޕްލޯޑް ކުރެވޭނެއެވެ.

3.6

އަގު ހުށަހަޅާ ފޯމްތަކުގައި ބީލަން ވެރިޔާގެ ސޮޔާއި ކުންފުނީގެ ތައްގަޑު އޮންނަން ވާނެއެވެ. އަގު ފޯމު ތަކުގައި ބީލަން ވެރިޔާ ސޮޔާއި ކުންފުނީގެ ތައްގަޑުނެތްނަމަ އެ ބީލަމެއް ބާތިލު ކުރެވޭނެއެވެ.

4

ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

4.1

އެނެކްސް 4 ގައި ބުނެފައިވާ ލިޔުންތަކުގެ ތެރެއިން މި ބީލަމާއެކު ހުށަހަޅަން ބުނެފައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ.

 ބީލަމާއިބެހޭ އިތުރު މަޢުލޫމާތު އަދި ހުށަހަޅަންޖެހޭ ފޯމްތައް މި ބީލަމާއެކުގައިވާ އެޓޭޗްމަންޓުން ފެންނަންހުންނާނެއެވެ.

05 އޮކްޓޫބަރު 2020