ވަޒީފާގެ ފުރުޞަތު
ނަންބަރު: 276-A/2020/88
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 14 އޮކްޓޫބަރު 2020 12:00
މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ހޯދުން

 

ވަޒީފާގެ ފުރުސަތު

 

ށ.ބިލެތްފަހީ ކައުންސިލް އިދާރާ ގެ ތިރީގައި މިދަންނަވާ މަޤާމަށް ޝައުޤުވެރިވާފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ .

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމްގެ ނަމްބަރ

J-220536

މަޤާމުގެ ގިންތި އާއި މުއްދަތު

ވަގުތީ  )06 މަސްދުވަސް )

މަޤާމުގެ ރޭންކް

ޖީ އެސް 3

މުސާރަ

4465.00 ރުފިޔާ

ސާރވިސް އެލަވަންސް

1500.00 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް

700.00ރ ރުފިޔާ

އެހެނިޚެން އެލަވަނސް

ސިވިލްސާރވިސް ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ، ބަންދު ފައިސާ އަދި ވަޒީފާއާއި ގުޅިގެން ދެވޭ އެހެނިޚެން އެލަވަންސްތައް ދެވޭނެ .

ބޭނުންވާ ޢަދަދު

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1 – އައިޑީ ކާރޑަށް އެދޭ ފަރާތަކަށް އައިޑީ ކާރޑް ހަދައިދިނުމާއި ، އައިޑީ ކާރޑް ހަދާމީހުންގެ ދަފްތަރު އައި ފޯމްތައް ޤަވާއިދުން ފައިލޮކޮށް ބެލެހެއްޓުން .

2 – ކައުންސިލް އިދާރާ އާއި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިމާރާތް ތަކާއި އެހެނިހެން ހަރުމުދަލުގެ އިންވެންޓްރީ ޤަވާއިދުން ލިޔެ ބެލެހެއްޓުން .

3- ނައްތާލެވޭ މުދަލުގެ މައުލޫމާތު ރެކޯރޑް ކޮށްބެލެހެއްޓުން .

4- ސްޓޮކްތައް ބެލެހެއްޓުމާއި ، ސްޓޮކް ބެލެހެއްޓުމަށް އެކްލަވާލަންޖެހޭ އުސޫލްތައް އެކުލަވާލުމުގައި އިދާރީ އިސްމުވައްޒަފަށް ލަފާދިނުން .

5- ރަށައް އެތެރެވާ ބިދޭސީންގެ މައުލޫމާތު ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން . އަދި ޤަވާއިދާ ޚިލާފަށް ރަށުގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިދާރީ އިސް މުވައްޒަފަށް ލަފާދިނުން .

6- ޚާއްސަ އެހީއަށްބޭނުންވާ މީހުންގެ ދަފްތަރު ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި ، ކައުންސިލުން ކުރާ ވިޒިޓް ތަކުގައި ދޭ މައުލޫމާތު ހިމަނާ ކަމާބެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުން .

7- އެކަނިވެރިމައިން ނާއި އުމުރުން ދުވަސް ވީ މީހުންގެ ދަފްތަރު ދުވަހުން ދުވަހަށް އަފްޑޭޓް ކޮށް ބެލެހެއްޓުން .އަދި އެކަމާއި ބެހޭ މައުލޫމާތު އޮފީސްތަކަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން .

8- ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ، މަސައްކަތްތަކުގައި އެހީވުން.

9- ޕްރީސްކޫލް އަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރު ކުރުމާއި ، ޕްރީސްކޫލްގެ މަސައްކަތްތައް ބެލެހެއްޓުން .

10- ބިލްއެންޓްރީ ކުރުމާއި ، ވިޔަމޮޑިއުލް ގެ ތެރެއިން ތައްޔާރުކުރަންޖެހޭ ޕީއޯ ފަދަ ލިޔުންތައް ތައްޔާރުކުރުން .

11-  ކައުންސިލުންފާސްކުރާ ނިންމުންތައް ތަންފީޒްކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒް ކުރުމުގައި އިދާރީގޮތުން ކުރަންކުރަންޖެހޭ އެންމެހާކަންތައްތައް ސެކްރެޓަރީ ޖެނެރަލް ގެ ނުވަތަ ސްޕަވައިޒަރގެ ލަފަޔާއި އިރުޝާދުގެމަތިން ކުރުން .

12- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ، ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމައި ގުޅޭ އެންމެހާކަންކަމުގައި ކައުންސިލަށާއި ، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް އެއްބާރުލުންދީ ޒަވާބުދާރީވުން .

 

 

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ  ވަޒީފާއަށް އެދޭ  ފޯމް.  (މިފޯމް ސިވިލްސަރވިސް

ކޮމިޝަނުގެ ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައްސާފްކޮށްފެންނަ

، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން  ކުރިމަތިލާ

މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.  

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

( ލިޔުންތަކުގައި އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހަންވާނެ )

  

މަޤާމްގެ ޝަރުޠުތައް

ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޚާނަކުން 2 މާއްދާއިން ދައްވެގެން " ޑީ " ގުރޭޑް ލިބިފައިވުމާއި އެކު އޭގެ އިތުރުން ސެކެންޑްރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް  ސެޓްފިކެޓް އިމްތިޚާންގައި " ދިވެހި " މި މާއްދާއިން ދައްވެގެން ސީ ގްރޭޑް ލިބިފައިވުން .

މަޤާމުގެ ޝަރުތު ފުރިހަމަވާ ފަރާތެއް އިޢުލާނަށް ކުރިމަތިލާފައި ނުވާނަމަ ، އެ އިއުލާނަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން މަޤާމުގެ ޝަރުތުގެ ގޮތުގައި ، ކަނޑައަލާފައިވާ ތައުލީމީ ފެންވަރު ހުރި އުސޫލްގެ 6.1 ގައިވާ ގޮތުގެ މަތިން މީހަކު ހަމަޖެއްސުމުގެ ފުރުސަތު އޮފީހަށް ލިބިގެންވެއެވެ .

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

1- ހާސިލްކޮށްފައިވާ ތައުލީމާއި ، ތަމްރީނަށް ބަލައިގެން

2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން ، އަދި އިމްތިޚާންއެއް ނުވަތަ ޕްރެޝެންޓޭޝަން އެއްދީގެން

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ  14 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ

ކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް

އަދި ފެކްސް  މެދުވެރިކޮށްވެސްބަލައިގަނެވޭނެއެވެ.އީމެއިލްއެޑްރެހަކީ[email protected]އެވެ.

އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް

ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ .  ( އީމެއިލް / ފެކްސް މެދުވެރިކޮށް އެޕްލިކޭޝަން ފޮނުވާ ފަރާތްތަކުން އޮފީހަށް އެޕްލިކޭޝަން ލިބުނުކަން ކަށަވަރުކުރަންވާނެއެވެ )

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 އޮކްޓޯބަރ 2020 އާއި 20 އޮކްޓޯބަރ 2020 އާއި ދެމެދު  މިލަދުންމަޑުލު އުތުރުބުރީ  ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ .  ވުމާއެކު ،  މި ވަޒީފާއަށް  ކުރިމަތިލާ ފަރާތްތަކުން،  އެ ތާރީޚްތަކުގައި އިންޓަވިއުއަށް  ތައްޔާރުވެގެން ތިބުން އެދެމެވެ.

  

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާއްމުކުރުން .

އިންޓަވިއުބާއްވާތާ ރަސްމީބަންދުނޫން 5 ދުވަހުގެ ތެރޭގައި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް ( އޭ ޓޫ ) ފޯމު އާއްމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސް ބޯރޑްގައި އާއްމުކުރެވޭނެއެވެ . ވަޒީފާއަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ޝީޓް އާއްމު ކުރާ ދުވަހުންފެށިގެން 5 ދުވަހުގެ ތެރޭގައި މި އިދާރާ އަށް ހުށަހަޅަންވާނެއެވެ .

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ   [email protected]          

 

18 ސަފަރ    1441

05 އޮކްޓޯބަރ  2020

05 އޮކްޓޫބަރު 2020