ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-1B/426/2020/302
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 25 އޮކްޓޫބަރު 2020 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫސިޓީ މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުން

އިޢުލާން

      އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު (IUL)426-AB/426/2019/255 25) ޖުލައި 2019) އަދި (IUL)426-AB/426/2019/306 29) އޮގަސްޓު 2019) އިޢުލާންތަކާ ގުޅިގެން މީދޫ އަވަށުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 50 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓު އާންމުކުރުމަށް، 29 ސެޕްޓެންބަރު 2020 ވަނަ ދުވަހު ބޭއްވުނު އައްޑޫސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގެ ނިންމުން ނަންބަރު 426-BR(3)/2020/98 ގައި ނިންމަވާފައިވާތީ، މި ލިސްޓު އާންމުކުރީމެވެ.

ވީމާ، މި ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތެއްވާނަމަ، "ޝަކުވާ ހުށަހަޅާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު، 25 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މީދޫ އަވަށު އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.  ތިރީގައި މި ދަންނަވާ އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފޯމުތައް ވެސް ބަލައިގަނެވޭނެއެވެ.

ޝަކުވާ ހުށަހަޅާ ފޯމު މި އިދާރާގެ (www.adducity.gov.mv) ވެބްސައިޓުންނާއި  ދިވެހި ސަރުކާރުގެ ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މީދޫ އަވަށު އޮފީހުން ލިބެން ހުންނާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

            މިހެންވެ މިކަން ޢާއްމުކޮށް އެންގުމުގެ ގޮތުން އިޢުލާން ކުރީމެވެ.

18 ޞަފަރު 1442

 

05 އޮކްޓޫބަރު 2020