ދިވެހިރާއްޖެ
މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލްގެ އިދާރާ
ބ. ކަމަދޫ ، ދިވެހިރާއްޖެ.
Secretariat of the South MaalhosmaduluKamadhoo Council
Baa.kamadhoo,Rep.Of Maldives
ނަންބަރ: IUL)314-SS/314/2020/7)
އިޢުލާން
އަންދާސީ ހިސާބު ހޯދުން
މި އިދާރާއިން ކުރި އިއުލާން ނަންބަރު IUL)314-SS/314/2020/5) އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކޮއްފައިނުވުމުން އަލުން މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލުން.
1. މިކައުންސިލްގެ ފަރާތުން ތަރައްޤީ ކުރަމުންގެންދާ ލޯކަލް ޕިކްނިކް ބީޗް ސަރަޙައްދުގައި ބައެއް މަސައްކަތްތައް ކުރުމަށް ބޭނުންވެއެވެ. އެގޮތުން އެތަނުގެ އިމާރާތް ކުރެވިފައިވާ ހަޓްތަކާއި ގްރިލްތަކުގައި ދަވާދާއި ކުލައިގެ މަސައްކަތްތަކާއި، އުނދޯލި އަދި ޖޯލިފަތި ދަގަނޑުން ހެދުމާއި ހަރުކުރުން އަދި ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ހިމެނެއެވެ.
2. މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޯބަރ 11 ވާ އާދީއްތަ ދުވަހުގެ 14.00 ގެ ކުރިން [email protected] މެއިލް ކުރުމުން ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ރަޖިސްޓްރީ ކުރެވޭނެއެވެ.
3. މިމަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވަނަމަ 2020 އޮކްޓޯބަރ 08 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން ނުވަތަ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އެދެމެވެ.
4. މިމަސައްކަތާއިގުޅޭ އެންމެހާ ސަޕޯރޓިން ޑޮކިޔުމެންޓްސް ރެޖިސްޓްރީވާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ނުވަތަ ކައުންސިލް އިދާރާއަށް ހާޟިރުވުމުން ފޯރުކޮށްދެވޭނެއެވެ.
5. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 15 އޮކްޓޯބަރ 2020ވާ ބުރާސްފަތި ދުވަހުގެ 13:00ގައި ކަމަދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.އަދި ސިޓީއުރައިގެ ބޭރުގައި "ލޯކަލް ޕިކްނިކް އޭރިޔާގެ ބައެއް މަސައްކަތްތައް ކުރުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީކާޑުގެ ދެފުށުގެ ފޮޓޯކޮޕީ / ކުންފުންޏަކުންނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއާއި ކުންފުނީގެ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ އެފޮނުވާމީހެއްގެ މުއްދަތު ހަމަނުވާ އައިޑީކާޑްގެ ދެފުށުގެ ކޮޕީގެ އިތުރުން، އިއުތިރާޒެއް ނެއްކަމުގެ ލިޔުން ހުށަހަޅާންވާނެއެވެ.
މިކަމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6600051 ފޯނާ ރަސްމީގަޑީގައި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާޢްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ
18 ޞަފަރު 1442
05 އޮކްޓޯބަރ 2020