ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-2/1/2020/41
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 14 އޮކްޓޫބަރު 2020 00:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބޭނުންކޮށްފައިވާ ބައެއް ތަކެތި ނީލަން ކިޔުމާ ގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި، ބޭނުންކޮށްފައިވާ ތިރީގައި މި ދަންނަވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުން ވެއެވެ.

- 05 ޑައިވިންގ ރެގިއުލޭޓަރ

- 11 ޑައިވިންގ ޓޯޗް

- 01 ޑައިވިންގ ކޮމްޕަސް

- 02 ޑައިވިންގ ކޮމްޕިއުޓަރ

- 11 ބީސީޑީ ޑައިވިންގ ޖެކެޓް

 

މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.

  1. ނީލަން ފެށޭ އަގު: 4935.54ރ. (ހަތަރު ހާސް ނުވަ ސަތޭކަ ތިރީސް ފަސް ރުފިޔާ ފަންސާސް ހަތަރު ލާރި)
  2. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އިންޑްސްޓްރިއަލް ޒޯން / މާލެ
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 15 އޮކްޓޫބަރު 2020 ވަނަ ދުވަހުގެ 10:00 ގައި.
  4. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި.
  5. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9633858

ވީމާ މި ނީލަމުގައި ބައިވެރިވެވަޑައިގެންނެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް މާލޭ އިންޑަސްޓްރިއަލް ޒޯނަށް ވަޑައިގެންނެވުމަށް ދަންނަވަމެވެ.

05 އޮކްޓޫބަރު 2020