ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2020/60
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 08:27
ސުންގަޑި: 13 އޮކްޓޫބަރު 2020 10:15
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ.އިނގުރައިދޫ ޤަބުރުސްތާނު ވިނަ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

ރ.އިނގުރައިދޫ ޤަބުރުސްތާނު ވިނަ ނޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                ރ.އިނގުރައިދޫ  ގަބުރުސްތާނުގެ ވިނަނޮޅާ ސާފުކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވާ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                 މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހު މެންދުރުކުރި10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޮކްޓޫބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހަޅަން ވަޑައިގަންނަވަނީ ކުންފުންޏަކުންނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރަކަށް ނުވާނަމަ ކުންފުނީގެ ފަރާތުން ފޮނުވި ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ރަސްމީ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ ވެރިފަރާތް ހާޒިރުވެ ނުވެލައްވާނަމަ ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • Ø      މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
  • Ø      ފެކްސް، އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
  • Ø      މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.

ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް

  • މަސައްކަތުގެ އަގަށް:        85 ޕަސެންޓް (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
  • މަސައްކަތުގެ މުއްދަތު:       10 ޕަސެންޓް (ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  • މަސައްކަތުގެ ތަޖުރިބާ:       5 ޕަސެންޓް

-         ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ދާއިރާ އާއި ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކުންނެވެ. އަދި ކޮށްފައިވާ މަސައްކަތްތައް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީއަށް ބަލާފައެވެ.

   މި އިދާރާ ނަންބަރު: IUL)309-ESM/309/2020/57) އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގަށް ބަޖެޓް ހަމަނުޖެހުމުގެ ސަބަބުން އެއިޢުލާނުވަނީ ބާތިލް ކުރެވިފައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 9:15 ން މެންދުރުފަހު 1:30 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2020