ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-HRD /IU/2020/222
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި:
06 އޮކްޓޫބަރު 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
އައި.ސީ.ޓީ ޑިވިޜަންށް ބޭނުންވާ މަޤާމުތައް:
|
މަޤާމް:
|
ސޮފްޓްވެއަރ ޑިވެލޮޕަރ
|
ބޭނުންވާ އަދަދު:
|
01
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
|
މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).
|
- ދެފަރާތް އެއްބަސްވާ ގޮތުގެ މަތީން
- ސްޓާފް މެޑިކަލް އިންޝުއަރެންސް.
- ޕެންޝަން ސްކީމް.
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
އެމްޓީސީސީ ޓަވަރ
|
ޝަރުޠު
|
- ކޮމްޕިއުޓަރ ސައިންސް ދާއިރާގެ ސޮފްޓްވެއަރ ޑެވެލޮޕްމަންޓް ގެ ރޮގުން، ނުވަތަ މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން ނުވަތަ
- މަޤާމައި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- ވެބް އެޕްލިކޭޝަންސް ސްޓްރަކްޗަރކޮށް ތަރައްޤީކުރުމުގެ ހުނަރު ލިބިފައިވުން.
- ޕީ.އެޗް.ޕީ، އެމް.ވައި.އެސް.އެސް.ކިއު.އެލް/އެމް.ވައި.އެސް.ކިއު.އެލް އަށް
ފަރިތަވުން
- ރެސްޓްފުލް ސާރވިސެސްއަށް ފަރިތަވުމާއިއެކު ބެކްއެންޑް ޑޭޓާ ޑިޒައިންކޮށް ޑިވެލޮޕް ކުރުމުގެ ޙުނަރު ލިބިފައިވުން.
- ރެސްޕޯންސިވް ފްރޭމްވޯކްސް ފަދަ ބޫޓްސްރެޕަށާއި ވޯޑްޕްރެސް އަށް އަހުލުވެރިވުމާއި އަދި ޖާވާސްކްރިޕްޓް/ ޖޭކުއަށް ފަރިތަވުން.
- ބިޒްނަސް މެނޭޖްމަންޓް ގެ އުސޫލުތައް އެނގުމާއި އެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
- އެޕްލިކޭޝަން ތަރައްޤީކުރުމުގެ އެކި އެކި މެތޮޑިލޮޖީސްއަށް އަހުލުވެރިވުން.
- ވެބް ސަރވަރ ތަކާއި އޮޕަރޭޓް ކުރާ ސިސްޓަމްތައް އަޕްގްރޭޑްކޮށް މެއިންޓެއިންކުރުމާއި ބެލެހެއްޓުމުގެ ތަޖުރިބާ ހާސިލްކޮށްފައިވުން.
- މިމަސައްކަތުގައި ދިމާވާ މައްސަލަތައް ދިރާސާކޮށް ހައްލުކުރުމުގެ ހުނަރު އަދި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަން އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް
|
- ކުންފުނީގެ އިންޓްރާނެޓްއާއި ކޯރޕަރޭޓް ވެބްސައިޓް ތަރައްޤީކުރުމުގެ އެންމެހާ މަސައްކަތް މެނޭޖްކުރުން؛ ކުންފުނީގެ ވެބް ޕޯރޓްފޯލިއޯގެ އެޑްމިނިސްޓްރޭޝަން މަސައްކަތް ދުވަހުން ދުވަހަށް ކުރުން، މިކަމުގައި ދިމާވާ މައްސަލަ ބަލާ ދިރާސާކޮށް ލަފާ ދިނުން އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދަމަހައްޓައި އަދި މިކަމާއި ބެހޭ ރިޕޯރޓް ތައްޔާރުކުރުން.
- މިމަޤާމުގެ މަސްޢޫލިއްޔަތު ބަޔާންކުރާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
|
އިންޓަރވިއު:
|
- މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 07 އޮކްޓޯބަރ 2020 ން 15 އޮކްޓޯބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 06 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001100/ 3001120 / 3001149
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
04 އޮކްޓޯބަރ 2020