މަސައްކަތް
ނަންބަރު: (IUL)370-ESMS SC/370/2020/17
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:33
ސުންގަޑި: 11 އޮކްޓޫބަރު 2020 13:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ފީއަލީ މަސްޖިދުލް ރަޙުމަތު މިސްކިތުގެ ހުޅަނގު ފަރާތު ފާރު ރޭނުމާއި އަދި ގޯތިތެރޭގައި ގައު ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 a

                        &

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

              ދިވެހިރާއްޖެ.   

                                              ނަންބަރ: (IUL)370-ESMS SC/370/2020/17

 

އިއުލާން

 

ފ.ފީއަލީ މަސްޖިދުލް ރަޙުމަތު މިސްކިތުގެ ހުޅަނގު ފަރާތު ފާރު ރޭނުމާއި އަދި ގޯތިތެރޭގައި ގައު ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

 

 

                  ފ.ފީއަލީ މަސްޖިދުލް ރަޙުމަތު މިސްކިތުގެ ހުޅަނގު ފަރާތު ފާރު ރޭނުމާއި، ގޯތިތެރޭގައި ކައުންސިލުން ފާހަގަކުރާ ހިސާބެއްގައި ގައު ޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ އިއުލާން ނަންބަރު: (IUL)370-ESMS SC/370/2020/10 ( 20 ފެބްރުއަރީ 2020 ) އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް، އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

          ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި ފީއަލީ ކައުންސިލްގެ އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ބިޑުފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ބިޑް ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2020 އޮކްޓޯބަރ 08 ވަނަ ދުވަހުގެ ހެނދުނު 09:00 އިން 12:30 އަށެވެ. ބިޑް ފޮތުގެ އަގަކީ -/500 ރުފިޔާއެވެ. އެގޮތުން ކޮންޓްރެކްޓް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ގާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

08 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00

11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00

  

    ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރާގައި ބަންދުކޮށްފައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " ފ.ފީއަލީ މަސްޖިދުލް ރަޙުމަތު މިސްކިތު މަގުފާރު މަރާމާތުކުރުން " މިހެން ލިޔެފައި އޮންނަންވާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

   އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު  / 9992798 / 79708046740012 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މި އިދާރާގެ އީމެއިލް: [email protected] ށް އީމެއިލްކުރެއްވުމަށް ދަންނަވަމެވެ.

1442 B 17

04 އޮކްޓޯބަރ 2020

                                  

                                                                     މުޙައްމަދު ޖަލީލް

                                                                 ފީއަލީ ކައުންސިލްގެ ރައީސް

04 އޮކްޓޫބަރު 2020