ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2020/78
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:56
ސުންގަޑި:
04 އޮކްޓޫބަރު 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަމިއްލަބޭނުމަށް ކުރާ މަސްވެރިކަމުގައި ދާއަޅައިގެން މުށިމަސް ހިފުމާއި އެންހިފުމުގެ މައްސަލައާގުޅޭ
އިޢުލާން
އަމިއްލަބޭނުމަށް ކުރާ މަސްވެރިކަމުގައި ދާއަޅައިގެން މުށި މަސްހިފުމާއި އެންހިފުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޢާއްމުޤަވާޢިދު 2020/R-75 ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއް ކަމުގައި ހަމަޖައްސާފައި ވަނިކޮށް މިޤަވާޢިދާ ޚިލާފަށް ބައެއް އުޅަނދުތަކާއި ފަރާތްތަކުން މިރަށު ފަޅުތެރެއިން މަސްހިފާ އަދި އެން ހިފަމުންދާކަން މިކައުންސިލަށް މަޢުލޫމާތު ލިބެމުން ދެއެވެ.
ވީމާ، އެފަދަ ޢަމަލުތައް ނުކުރުމަށް ހުރިހާ ފަރާތްތަކަށް އަންގަމެވެ. އަދި އެބާވަތުގެ ޢަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލާ، ޤަވާޢިދުން ފިޔަވަޅު އެޅޭނެކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 އޮކްޓޫބަރު 2020