ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް " މަޑަވެލި ކައުންސިލްގެ ހުޅަނގު ދެކުނުފަރާތު ކޮޓަރީގެ ހުޅަނގު ބިތުގައިހުރި ފެންލައިޓް ނަގައި އެތަން ފުލްބްލޮކް އެޅިގަލުން ބައްދައި، ދެފަރާތުގައި ސިމެންތި ޖަހައި ދިނުމުގެ މަސައްކަތް " ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތާއިބެހޭ މަޢުލޫމާތު ކަރުދާސް 04 އޮކްޓޯބަރ 2020 އިން 08 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ މެންދުރު 12:00 އަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 12:00 އަށް، މަޑަވެލި ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަވްޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 12 އޮކްޓޯބަރ 2020 ވާ (ހޯމަ) ދުވަހުގެ ހެނދުނު 11:30 އަށް، މަޑަވެލި ކައުންސިލްގެ އިދާރާއަށް، މި މަސައްކަތް ކުރެވޭނެ އަގާއި މުއްދަތު އެގޭނެހެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.