ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)168-CA/1/2020/21
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 16:37
ސުންގަޑި: 13 އޮކްޓޫބަރު 2020 12:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު

                       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

1 އޮކްޓޫބަރު 2020

ނަންބަރު

IUL)168-CA/1/2020/21)

ކޮމިޝަނަރސް ބިއުރޯ

މަޤާމު:

ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

- މުސާރަ: މަހަކު -/10,550 ރުފިޔާ

- ލިވިންގ އެލަވަންސް -/3000 ރުފިޔާ

- ސާރވިސް އެލަވަންސް -/3500 ރުފިޔާ

މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުތު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން، ނުވަތަ

މަސައްކަތާގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ޙާޞިލުކޮށްފައި ވުމާއެކު، މަސައްކަތާގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

.......................................................................................................................

ނޯޓް: މި މަގާމަށް މުވައްޒަފެއް ހޮވުމުގައި، މަގާމުގެ  ޝަރުތު ހަމަވުމުގެ އިތުރުން އަންނަނިވި ހުނަރުތައް ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-          ގްރެފިކްސް ޑިޒައިނިންގގެ ދާއިރާއިން ތަޖުރިބާ ހުރުން

-          "އިން ޑިޒައިން"، "އިލަސްޓްރޭޓަރ"، "ޑްރީމްވީވަރ"، "ފޮޓޯޝޮޕް" ފަދަ ޑިޒައިން ސޮފްޓްވެއާތަކަށް އަހުލުވެރިވުން

-          މުޢާމަލާތު ކުރުމުގެ ހުނަރު

މަޤާމުގެ މަސްޢޫލިއްޔަތު

  1. ކޮމިޝަންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށާއި އަދި ކޮމިޝަންގެ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ގުޅުން ޤާއިމުކުރަންޖެހޭ ފަރާތްތަކާއެކު ގުޅުން ޤާއިމުކުރުމުގެ ސިޔާސަތު ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން އެކުލަވާލައި، ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން ގުޅުންތައް ޤާއިމުކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ކޮމިޝަނުން ކުރާ މަސައްކަތްތަކާއި، ކޮމިޝަނަށް ފާހަގަކުރެވޭ ކަންތައްތަކާއި ކަންބޮޑުވުން ފައުޅުކުރާ ކަންތައްތައް، ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމަށް ގެންގުޅޭނެ އުސޫލެއް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ތައްޔާރުކޮށް، މިއުސޫލުގެ ދަށުންކަމާބެހޭ ފަރާތްތަކާ މައުލޫމާތު ހިއްސާކުރުން.
  3. ދައުލަތުގެ މުއައްސަސާތަކާއި ގުޅުން ޤާއިމުކުރުމާއެކު އިންސާނީ ހައްޤުތަކަށް މުއައްސަސާތައް ޒިންމާދާރު ކުރުވުމަށް ކޮމިޝަންގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައ ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން.
  4. ކޮމިޝަނުން ކުރާ މުޙިއްމު މަސައްކަތްތަކާއި ބެހޭ މައުލޫމާތު ޑިޕާޓްމަންޓްތަކުން ޤަވާއިދުން ހޯދާ، އެމައުލޫމާތުތައް އެޗް.އޯ.ޑީގެ ލަފާގެ މަތިން ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުން.
  5. ހާދިސާތަކާ ގުޅިގެން ކޮމިޝަންގެ ފަރާތުން ކަމާބެހޭ ފަރާތްތަކަށައި ރައްޔިތުންނަށް ޙިއްސާކުރަންޖެހޭ މައުލޫމާތު ހިއްސާކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ކުރުން.
  6. ކޮމިޝަނން ކަންބޮޑުވުން ފައުޅުކުރާ ކަންތައްތަކާއި އަދި ކޮމިޝަނުން ޝާޢިއުކުރާ ރިޕޯޓްތަކާއި، ކޮމިޝަންގެ ފަރާތުން ދައުލަތަށް ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ މަޢުލޫމާތު، ޤަވާއިދުން އެއްކޮށް، ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތީން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ އެންމެހައި މައްސައްކަތްތައް ކުރުން.
  7. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާ/ޖަމާޢަތްތަކާއެކު  ގުޅުން ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން އެމް.އޯ.ޔޫ.ތައް ތައްޔާރުކޮށް ޤާއިމުކޮށް، އެފަރާތްތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  8. ކޮމިޝަނުގެ މަސައްކަތް ކުރުމަށް އަދި ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން  ބައިނަލްއަޤްވާމީ ޖަމިއްޔާ / ޖަމާއަތްތަކުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  9. އިންސާނީ ޙައްޤުތަކާ ގުޅުންހުރި ބޭރުގެ އެކިއެކި ފަރާތްތަކާއި ސްޕެޝަލް ރެޕަޓުއަރސްއާއި ޚާއްސަ މަންދޫބުން ރާއްޖެއަށް ވަޑައިގަންވަނާ ތާރީޚްތައް ދެނެގަނެ، މި ފަރާތްތަކާ ގުޅުން ބަދަހިކޮށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް މިފަރާތްތަކާ ހިއްސާކުރުމަށް ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް އެޗްއޯޑީގެ ލަފާގެ މަތީން ކުރުން ކޮމިޝަނުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ ޖަމްއިއްޔާ ޖަމާއަތްތަކާ އެކުކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭ އެންމެހާ މައްސައްކަތްތައް އެޗްއޯޑީގެ ލަފާގެ މަތީން ކުރުން
  10. އިންސާނީ ހައްޤުތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ކުރިއެރުވުމަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ބޭރުގެ ފަރާތްތަކަށް ޤަވާއިދުން ހިއްސާކުރުމުގެ އެންމެހާ މަސައްކަތްތައް، މައުލޫމާތު ހިއްސާކުރުމުގެ އުސޫލްއާ އެއްގޮތަށް ކުރުން.
  11. އެން.ޖީ.އޯ ނެޓްވާރކްގައި ހިމެނޭ މަދަނީ ޖަމިއްޔާތަކާ ގުޅުން ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ގުޅުން ޤާއިމުކުރުމުގެ އުސޫލުގެ ދަށުން ކުރުން.  އަދި ކޮމިޝަންގެ ފަރާތުން މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން  ބޭނުންވާ ކަންތައްތައް ދެނެގަނެ މިކަންތައްތަކަށް އެހީތެރިކަން ފޯރުކޮށް ދެވޭނެގޮތްތައް ފާހަގަކޮށް، ސެކްރެޓަރީ ޖެނެރަލްގެ ލަފައާއި އިރުޝާދުގެ ދަށުން މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދިނމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  12. ކޮމިޝަނުންދޭ އިރުޝާދާ އެއްގޮތަށް، ކޮމިޝަނުގެ މަސައްކަތްތަކާގުޅޭގޮތުން ތައްޔާރުކުރަންޖެހޭ އެކިއެކި ލޯގޯއާއި ކާޑުފަދަ ގްރެފިކްސް ޑިޒައިންކުރުން
  1. ކަނޑައެޅިފައިވާ އުސޫލުތަކާ ދެވޭ އިރުޝާދާ އެއްގޮތަށް ޑެޑްލައިންތަކަށް މަސައްކަތް ނިންމުން
  1. އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާތަކުން ހިންގާ އިންސާނީ ހައްޤުތަކާ ގުޅުންހުރި ޕްރޮގްރާމްތަކުގައި ކޮމިޝަނުން ބައިވެރިވުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ވިލަރެސް ކުރުން. މަސައްކަތާ ގުޅޭގޮތުން މީޑިޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  2. ކޮމިޝަނުން ބޭނުންވެއްޖެ ޙާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެ ފަދަ އެޓެސްޓްކޮށްފައިވާ ލިޔުން

ސުންގަޑި

2020 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 12:00 ގެ ކުރިން

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ 2020 އޮކްޓޫބަރު 20 އާއި 25 އާ ދެމެދުގެ ތާރީޚެއްގައި ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

                   

 

 

01 އޮކްޓޫބަރު 2020