ނީލަން
ނަންބަރު: (IUL)393/2020/35
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 11 އޮކްޓޫބަރު 2020 00:00
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަގަށް އަރާފައިވާ ރުއްގަސް ނީލަން ކިއުމާބެހޭ

މަގުމަގަށް އަރާ ރުއްތައް ނީލަން ކިއުން

      ތ. ކިނބިދޫގައި ފެނާއި، ނަރުދަމާގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާތީ އެމަސައްކަތަށް ދަތިވާ ގޮތަށް، ތިރީގައި މިދަންނަވާ މަގުތަކުގައި ގަދަ ނޫކުލައިގެ ދަވާދުން 74 ން 84 އަށް ނަންބަރު ޖަހާފައިވާ ރުއްތައް ކަނޑައި އެމަގުތައް ސާފުކުރަން ބޭނުންވެއެވެ.

            1- ރަންގުދުކޮޅު ހިނގުން

            2- ރޯޝަނީމަގު

            3- ބޯޅަދަނޑުމަގު

           4- މުޙައްމަދުޞާލިޙްމަގު

           ވީމާ، މިދެންނެވި ރުއްތަކުގެ ނީލަން ކިއުން 11 އޮކްޓޫބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު ކުރީ 10:00 ގައި އެރުއްތައް ހުރި ސަރަހައްދުގައި އޮންނާނެއެވެ. ނީލަމުން ނެގުމަށްފަހު 15 އޮކްޓޫބަރ 2020 ވަނަދުވަހުގެ ކުރިން ފައިސާ ދެއްކުމަށްފަހު ރުއްކަނޑައި ކުނިތަށް އުކާލަން ވާނެއެވެ. ރުއްކަނޑަން ވާނީ ބިމާއި ހަމައިންނެވެ. ނީލަމުން ނަގާ ރުއްތަކަށް ފައިސާ ދެއްކުމަށްފަހު ކަނޑައި ސާފުކުރުމަށް ދެންނެވިފައިވާ މުއްދަތުގެތެރޭގައި އެކަން ނުކޮށްފިނަމަ އެރުއްތަކާމެދު މިއިދާރާއަށް ފެންނަ ގޮތެއްގެމަތީން ޢަމަލު ކުރެވޭނެއެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢްލާނުކުރީމެވެ.

01 އޮކްޓޫބަރު 2020