ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2020/140
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2020
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 12 އޮކްޓޫބަރު 2020 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކަސްޓަމަރ ސަރވިސް އެސިސްޓެންޓް (ވޮލަންޓިއަރކޮށް)

މަޤާމް :ކަސްޓަމަރ ސަރވިސް އެސިސްޓެންޓް
ބޭނުންވާ އަދަދު :11

މި ހޮސްޕިޓަލުގައި ކަސްޓަމަރ ސަރވިސް އެސިސްޓެންޓް (ވޮލަންޓިއަރކޮށް)މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންވެއްޖެ

 

މި ހޮސްޕިޓަލްގައި ވޮލަންޓިއަރކޮށް ކަސްޓަމަރ ސަރވިސް އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތްކުރާނޭ ފަރާތްތައް ހޯދުމަށް ބޭނުންެވެއްޖެއެވެ. މި މަސައްކަތްކުރައްވާ ފަރާތްތަކުން  ދުވާލަކު 6 ގަޑިިއިރު ހަފްތާއަކު 6 ދުވަހު  މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ އެލަވަންސްއެއް ދެވޭނެއެވެ.  

ބޭނުންވާ އަދަދު:   11 (އެގާރަ)

މަސައްކަތްކުރަޖެހޭ ގަޑި : (2 ޝިފްޓް)   ހެނދުނު 08:00 ން މެންދުރު ފަހު 14:00 އަށް

                          މެންދުރުފަހު 14:00 ން ރޭގަނޑު 20:00 އަށް

ޝަރުތު:      ޖީސީއީ އޯލެވެލް ނުވަތަ އެއާއި އެއް ފެންވަރުގެ ސެޓްފިކެޓެއް އޮތުން.

އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • މުއާމަލާތްކުރުމުގެ ހުނަރު
  • އެހެން މީހުންގެ އިހުސާސްތައް ދެނެގަނެވޭފަދަ މީހަކަށްވުން.
  • މީހުންނާއި ގުޅޭ "ޕޮޒިޓީވް އެޓިޓިއުޑް"ގެ މީހަކަށްވުން.

މި މަގާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތުތައް:

 

  • ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް  ހޮސްޕިޓަލުގެ ހިދުމަތްތަކާއި ގުޅޭގޮތުން މައުޞޫމާތު ދިނުމާއި ހިދުމަތް ހޯދުމަށް ޑިޕާޓްމަންޓުތަކަށް ދާންޖެހޭ މަގު ދެއްކައިދިނުން.
  • ހޮސްޕިޓަލްގެ ހިދްމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޑިޕާޓްމަންޓުތަކުން ހިދްމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމާއި ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދިނުން.
  • ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކާއި ގުޅޭގޮތުން ހުށައަޅާ ޝަކުވާތަށް އަޑުއަހައި ހައްލުކޮށްދިނުން.
  • ހިދުމަތް ހޯދަން އަންނަ ފަރާތްތަކުން ހިދުމަތާއި ގުޅޭގޮތުން ދެކޭގޮތް އޮޅުންފިލުވުމަށްފަހު ކަމާ ބެހޭ ޔުނިޓް/ޑިޕާޓްމަންޓުތަކަށް އެންގުން.
  • ހޮސްޕިޓަލުގެ ހިދުމަތްތައް ހޯދަން އަންނަ ފަރާތްތަކަށް ދެވޭ ހިދުމަތަކީ އެފަރާތްތަކުން ބަލައިގަނެވޭފަދަ އަދި ހިތްހަމަޖެހޭގޮތަށް ފޯރުކޮށްދެވުނު ހިދްމަތަކަށް ހެދުމަށް މަސައްކަތްކުރުން.
  • ހޮސްޕިޓަލުން ދެވޭ ހިދުމަތްތަކަކީ ފެންވަރު ރަގަޅު އަދި ހިދުމަތްހޯދަން އަންނަ ފަރާތްތަކުން އެދޭ ފަދަ ގޮތަކަށް ފޯރުކޮށް ދެވުނު ހިދުމަތެއްކަމުގައި ހެދުމާއިއެކު ހޮސްޕިޓަލަށް ރީތި ނަން ހޯދައިދިނުން.

ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 12 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ13:00ގެ ކުރިން މެއިލް [email protected]   އަށެވެ.

  1. ލިބިފައިވާ ތައުލީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ޕާސްޕޯޓް ސައިޒްގެ  ފޮޓޯ (ވައިޓް ބެކްރައުންޑް)

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335221 ނަންބަރު ފޯނަށެވެ.

ނޯޓް: ވަޒީފާއަށްއެދޭ ސިޓީއާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން ހިމެނުމަށް ދެންނެވީމެވެ. މިނޫން ގޮތަށް ހުަށަހަޅާ ސިޓީތަކާއި ލިޔުންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

14 ސަފަރު 1442

1 އޮކްޓޯބަރ 2020

01 އޮކްޓޫބަރު 2020