ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AB/426/2020/301
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:34
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައްޑޫ ސިޓީ ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލިނެގި މައްސަލައާއި ގުޅޭ

އިޢުލާން

ޤަވާއިދު ނަންބަރު 2019/R-980 (ތިމާވެށި ޙިމާޔަތްކުރުމާބެހޭ ގަވާއިދު) ގެ 09 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށް 13 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ހަންކެޑެ ސަރަޙައްދު އިރުމަތީފަރާތު ގޮނޑުދޮށުން ޤަވާއިދާއި ޚިލާފަށް ވެލި ނަގާފައިވާތީ، މި ޤަވާއިދުގެ 15 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް ސ.މަރަދޫ ފަތިހަށްފޮޅޭމާގެ، ޢަލީ ނިމާލް އާއި ސ.މަރަދޫ ގުލްފާމްގެ، އަޙްމަދު އަނަސް -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރެވުނު ވާހަކަ ދެންނެވީމެވެ. އަދި މިފަދަ ޢަމަލެއް ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވަމެވެ. އެހެންކަމުން ޖޫރިމަނާގެ ފައިސާ މަރަދޫ އަވަށު އޮފީހަށް 10 ދުވަސް ތެރޭ ދެއްކުމަށް އަންގަމެވެ.

މިއެންގުމާއި ޚިލާފުވެއްޖެނަމަ ލާމަރުކަޒީ ޤާނޫނުގެ 140 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ. ވީމާ، މިވާހަކަ އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ޞަފަރު 1442

30 ސެޕްޓެންބަރު 2020