ދިވެހިރާއްޖެ
މިއިދާރާއިން ކޮށްފައިވާ (IUL)248-ED/248/2020/96 (16 ސެޕްޓެންބަރު 2020) ނަމްބަރ އިޢުލާނާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ކުނި އުކައި ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ޕިކަޕެއް ގަތުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 06 އޮކްޓޯބަރު 2020 ވާއަންގާރަ ދުވަހުގެ މެންދުރުފަހު 13:00އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 13 އޮކްޓޯބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް އެދި މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.