ދިވެހިރާއްޖެ
މިކުންފުނީގެ 1920 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ 04 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން ދޫކުރަމަށް ހަމަޖައްސާފައިވާ ވާހަކަ ދެންނެވީމެވެ. 2019 ވަނަ އަހަރުގެ ފައިދާ އަށް ދޫކުރުމަށް ނިންމާފައިވަނީ، ޙިއްޞާ އަކަށް -/2 ރުފިޔާ އެވެ. އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންނަގަވައި ތިއްބެވި ޙިއްޞާދާރުން ފައިދާ ނުނަންގަވައި ހުރި އަހަރުތަކުގެ ފައިދާ ނެންގެވުމަށްވެސް އިލްތިމާސްކުރަމެވެ.
ޙިއްޞާގެ ފައިދާ ނެންގެވުމަށް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން މިކުންފުނިން ދޫކުރާ "ބޭންކަށް ޙިއްޞާގެ ފައިދާ ޖަމާކުރުމަށްއެދޭ ފޯމް" ފުރުއްވުމަށްފަހު ފޯމާއިއެކު އެފޯމުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް މި ކުންފުނީގެ އީމެއިލް ([email protected]) މެދުވެރިކޮށް މިކުންފުންޏަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ބޭންކު އެކައުންޓަށް ޖަމާކުރެވޭނެ ވާހަކަ ދެންނެވީމެވެ. މި ފޯމް ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
އުމުރުން 18 އަހަރު ނުވާ ޙިއްޞާދާރެއްނަމަ، ބެލެނިވެރިޔާގެ ނުވަތަ ޝަރުޢީ ބަލަދުވެރިޔާގެ ސިޓީ އަދި އައި.ޑީ.ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.
އަދި ދަންނަވަމެވެ. ބޭންކް އެކައުންޓަށް ޙިއްޞާގެ ފައިދާ ޖަމާކުރުމަށް ކުރިން އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ޙިއްޞާގެ ފައިސާ، ފައިދާ ދޫކުރަން ފަށާތާރީޚުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ޖަމާކޮށް ދެވޭނެ ވާހަކަ ދަންނަވަމެވެ.