ދިވެހިރާއްޖެ
ސާފު ރާއްޖެ - މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
ގްރާންޓް ނަމްބަރ: D199-MV
"ތިމާވެށި 2" ލޯންޗުގެ މެއިންޓައިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށް – 2 ވަނަ ކޮންޓްރެކްޓް – 2ވަނަ ޓެންޑަރ
ނަމްބަރު: IUL)438-WMPC/438/2020/169) ތާރީޚް: 30 ސެޕްޓެމްބަރ 2020
ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ (އެމް.އީ. ސީ. ޕީ) ދަށުން "ތިމާވެށި 2" ސްޕީޑްބޯޓް މެއިންޓެއިން ކޮށް އޮޕަރޭޓް ކުރާނެ ފަރާތެއް ހޯދުމަށްކުރި ނަންބަރު (IUL)438-WMPC/438/2020/157 އިޢުލާން ބާތިލްކޮށް، މި މަސައްކަތަށް ޝަރުތު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލްކަން ލިބިފައިވާ ފަރާތްތަކަށް އަލުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ "ޓަރމްސް އޮފް ރެފެރެނެސް" ގެޒެޓުގައި ޝާޢިއު ކުރެވިފައިވާނެއެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ ގެޒެޓް ކުރާ ތާރީޙުން ފެށިގެން އިން 2020 އޮކްޓޯބަރ 6 އާއި ދެމެދު މިނިސްޓްރީގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected]އަށް އީމެއިލް ކުރައްވައިގެންނެވެ. މިމުއްދަތުގެ ފަހުން ކުރެވޭ ސުވާލުތަކަށް ޖަވާބެއް ނުދެވޭނެއެވެ.
އަގު ހުށަހެޅުން އޮންނާނީ 2020އޮކްޓޯބަރ 8 ވާ ބުރާސްފަތި ދުވަހު 13:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަގުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. އަގުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި މަސައްކަތައް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި އަގު ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ވީމާ، މަތީގައި ދެންނެވިފައިވާ ފެރީ ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020އޮކްޓޯބަރ 8 ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން، މާފަންނު
މާލެ، ދިވެހިރާއްޖެ.
ގުޅޭނެ ނަންބަރ: 3018451