ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRD /IU/2020/211
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:34
ސުންގަޑި:
04 އޮކްޓޫބަރު 2020 15:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
|
ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.
|
|
މަޤާމް:
|
ލޭބަރަރ
|
|
ބޭނުންވާ އަދަދު:
|
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
|
މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).
|
- މުސާރަ 6900.00
- އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
- ސްޓާފް މެޑިކަލް އިންޝުއަރެންސް
- ޕެންޝަން ސްކީމް
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
- ކުންފުނިން ކަނޑައަޅައި ޕްރޮޖެކްޓް ސައިޓެއްގައި
|
|
ޝަރުޠު:
|
- މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.
|
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
|
- ސައިޓުން އަންގާ ގޮތުގެ މަތިން ޕްރޮޖެކްޓުގެ އެކިއެކި މަސައްކަތްތައް ކުރުން..
|
|
އިންޓާނަލް އޮޑިޓް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.
|
|
މަޤާމް:
|
ސީނިއަރ އޮޑިޓަރ
|
|
ބޭނުންވާ އަދަދު:
|
|
|
ވަޒީފާގެ ބާވަތް:
|
ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)
|
|
މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).
|
- މުސާރަ 14000.00
- އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
- ސްޓާފް މެޑިކަލް އިންޝުއަރެންސް
- ޕެންޝަން ސްކީމް
- ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 3120ރ
|
|
ވަޒިފާ އަދާކުރަންޖެހޭ ތަން:
|
|
|
ޝަރުޠު:
|
- ޑިގްރީ އިން އެކައުންޓިންގ, އޮޑިޓިންގ ނުވަތަ އޭސީސީއޭ (ޕާރޓް) ފުރިހަމަކޮށްފައިވުން ނުވަތަ ގުޅޭދާއިރާއަކުން ޑިގްރީ ފުރިހަމަކޮށްފައިވުމާއިއެކު މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މެނޭޖްމަންޓް ގެ މައުލޫމާތު ލިބިފައިވުމާއިއެކު އެފަދަ ނިޒާމްތަށް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
- އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.
|
|
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
|
- އިންޓާނަލް އޮޑިޓްގެ އެންމެހައި މަސައްކަތްތައް ކުރުމާއި އެކަމާގުޅިގެން ކުރަންޖެހޭ ދިރާސާތަކާއި ފޮލިސީތައް ދެމެހެއްޓުމައްޓަކައި ނަގަންޖެހޭ ފިޔަވަޅުތަކުގެ ރިޕޯޓްތައް ތައްޔާރުކުރުން. އަދި އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
|
|
އިންޓަރވިއު:
|
- މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 05 އޮކްޓޯބަރ 2020 ން 10 އޮކްޓޯބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.
|
ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 04 އޮކްޓޯބަރ 2020 ވަނަ ދުވަހުގެ 15:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. ވަޒީފާއަށް އެދި ހުށަހެޅޭނި ހަމައެކަނި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ވެބްސައިޓް: https://mtcc.mv/careers/
ފޯން: 3001100/ 3001120 / 3001149
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
- އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
29 ސެޕްޓެމްބަރ 2020