ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)426-CB/426/2020/296
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 21:59
ސުންގަޑި: 05 އޮކްޓޫބަރު 2020 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - ޕްރޮޖެކްޓް މެނޭޖަރ އަދި އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރ (ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓް ޕްރޮޖެކްޓް)

ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު

ހައި އިމްޕެކްޓް ކޮމިއުނިޓީ ޑެވެލޮޕްމަންޓްގެ ދަށުން އައްޑޫގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލައި ހިންގުމަށް 02 ޕްރޮޖެކްޓް މެނޭޖަރުންނާއި 02 އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުން ހޯދުމަށް އެދި އާއްމުކުރެވިފައިވާ މި އިދާރާގެ ނަންބަރު (IUL)426-CB/426/2020/268 އިއުލާނަށް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި  ނުވާތީ މި އިއުލާން ބާޠިލުކޮށް މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުން އެދެމެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މަޝްރޫޢުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށައަޅަންވާނެއެވެ.

މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 އޮކްޓޫބަރު 05 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ސިޓީ، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އެޗް.އާރް ސެކްޝަނަށް ހުށަހަޅަންވާނެއެވެ. އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected] މި އީމެއިލަށް ފޮނުއްވުން އެދެމެވެ.

މި މަޝްރޫޢުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިދާރާގެ ވެބްސައިޓް www.adducity.gov.mv  އިން ލިބެން ހުންނާނެއެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

11  ޞަފަރު  1442

28 ސެޕްޓެންބަރު 2020