ދިވެހިރާއްޖެ
ނަންބަރު:20/2020/(IUL)153-FHS
އިޢުލާން
------------------------------------------------------------------------------------------------------------------------------------------
ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ހިންގާ ބެޗެލަރ އޮފް ފިޒިޔޮތެރަޕީ ކޯހަށް ތިރީގައި މިދައްނަވާ މާއްދާ ކިޔަވައި ދެއްވާނެ ފަރާތްތެއް ހޯދުމަށް ވަނީ ބޭނުން ވެފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން 29 ސެޕްޓެމްބަރު 2020 ވަނަ ދުވަހުގެ 13.30 ކުރިން ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަށް، ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު ސިޓީ ފޮނުއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި :
1- ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާ ބަޔާންކޮށްފައި އޮންނަންވާނެއެވެ.
2- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
4- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)
ބެޗެލަރ އޮފް ފިޒިއޮތެރަޕީ
- މާއްދާގެ ނަން: މޫވްމެންޓް ސައިންސް 2 (PHT201)
ކިޔަވާދޭން ޖެހޭ ގަޑީގެ ޢަދަދު: 72 ގަޑި 18 ގަޑިއިރުގެ ޕްރެކްޓިކަލްސް އާއިއެކު
ކިޔަވާ ދޭންޖެހޭ ވަގުތު: މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް.
ކިޔަވާދީ ނިންމަން ޖެހޭ މުއްދަތު: 04 އޮކްޓޯބަރު 2020 އިން 05 ޑިސެމްބަރު 2020 އަށް
ފެންވަރު ނުވަތަ ޝަރުތު: ބެޗެލަރ ޑިގްރީ އިން ފިޒިޔޮތެރަޕީ ހާސިލްކޮއްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ޔުނިވަރސިޓީއެއްގައި ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.