ދިވެހިރާއްޖެ
ފޯދިފައިވާ 25 ރުއް ނީލަމުގައި ވިއްކާލުން
ގދ. މަޑަވެލި ހަޅަނގެ ހުއްޓާ ސަރަހައްދުގައިވާ ފޯދުނު 25 (ފަންސަވީސް) ރުއް ނީލަމުގައި ވިއްކާލުމަށް މަޑަވެލި ކައުންސިލްގެ 2020 ވަނަ އަހަރުގެ 23 ވަނަ އާންމު ބައްދަލުވުމުންވަނީ ނިންމާފައެވެ.
ނީލަން ކިޔާނީ ކޮންމެރުކެއް ވަކިންނެވެ. ނީލަމުން ރުއް ގަންނަ ފަރާތުން 07 ދުވަހުގެ ތެރޭގައި ރުއްކަނޑައި ތަން ސާފުކުރަންވާނެއެވެ. ކޮންމެ ރުކެއްގެވެސް ނީލަން ފެށޭނީ 50/- (ފަންސާސް ރުފިޔާ) އިންނެވެ. ނީލަމަށް ފަހަރަކު އިތުރު ކުރެވޭނީ -/5 (ފަހެއް) ރުފިޔާއަށްވުރެ މަދުނޫން ޢަދަދެކެވެ.
ވީމާ، މިނީލަމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 03 އޮކްޓޫބަރ 2020 (ހޮނިހިރު) ދުވަހުގެ ހަވީރު 16:00 އަށް މަޑަވެލީގައި އަޅާފައިވާ ރޯހައުސްގެ ހުޅަނގު ދެކުނު A17 ނަމްބަރު ރޯހައުސް ކައިރި ހުސްބިމަށް ދުރުވެ ނީލަމުގައި ބައިވެރިވެދެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.