ދިވެހިރާއްޖެ
ދިގުމުއްދަތަކަށް ބޭސްބޭނުންކުރާ/ޚާއްސަ ބަލިތަކަށް ބޭސްބޭނުންކުރާ ފަރާތްތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލުން.
ދިގުމުއްދަތަކަށް ބޭސް ބޭނުންވާ ފަރާތްތަކަށާއި، ޚާއްސަ ބަލިތަކުގެ ބޭސް ބޭނުންވާ ފަރާތްތަކަށް ކޮންމެ ރަށެއްގައިވެސް ހުންނަ އެސް.ޓީ.އޯ ފާރމަސީ މެދުވެރިކޮށް ބޭސް ލިބޭނެގޮތް ހަމަޖެއްސުމަށް އެސް.ޓީ.އޯ އިން މަސައްކަތްކުރަމުންދާތީ، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ދިގުމުއްދަތަކަށް އަދި ޚާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންގެންދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ މަޢުލޫމާތާއި ބޭހުގެ ތަފްޞީލް އެކުންފުންޏަށް ލިބޭނެގޮތް ހަމަޖެއްސުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަމްބަރު 22-CCS/2020/253 (22 ސެޕްޓެމްބަރ 2020) ސިޓީއިން ދަންނަވާފައިވެއެވެ.
ވީމާ، މިރަށުގައި ތިބި ދިގުމުއްދަތަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކާއި އަދި ޚާއްސަ ބަލިތަކަށް ބޭސް ބޭނުންކުރައްވާ ފަރާތްތަކުގެ ދަފްތަރުގައި ނަން ނޯޓްކުރުމަށް 11 އޮކްޓޯބަރ 2020 ވާ އާދީއްތަދުވަހުގެ މެންދުރު 02:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު އީމެއިލް ނުވަތަ ސިޓީއަކުން ކައުންސިލަށް ފޮނުވައިދެއްވުން އެދެމެވެ.
- · ބޭސްބޭނުންވާ ފަރާތުގެ އައި.ޑީ.ކާޑް ކޮޕީ
- · ބަލީގެ ނަން ބަޔާންކޮށް ބައްޔާއި ބެހޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލިޔުމުގެ ކޮޕީ
- · އެންމެ ފަހުން ބޭސް ނަގާފައިވާ ބޭސް ސީޓީގެ ކޮޕީ
އެހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.