ދިވެހިރާއްޖެ
ނަންބަރ: IUL)101-IM/1/2020/159)
އިޢުލާން
އެކްސްޕޯ 2020 ގެ ރާއްޖޭގެ ޕެވިލިއަންގެ ކޮންސެޕްޓް ޑިޒައިންކުރާ ފަރާތެއް ހޯދުމާ ބެހޭ
ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ ވޯލްޑް އެކްސްޕޯގެ މި ފަހަރުގެ ހޮސްޓް ކަންޓްރީ އަކީ ޔުނައިޓަޑް އެރެބް އެމިރޭޓްސް އެވެ. މި އެކްސްޕޯ ގައި ބައިވެރިވުމަށް ޔުނައިޓަޑް އެރެބް އެމިރޭޓްސް އިން ދިވެހި ރާއްޖެއަށްވަނީ ދަޢުވަތު ދެއްވާފައެވެ. މި ދަޢުވަތު ދިވެހި ސަރުކާރުން ޤަބޫލުކުރައްވައި އެކްސްޕޯގައި ދިވެހިރާއްޖެއިން ބައިވެރިވާނެކަން ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ސަރުކާރަށް ވަނީ އަންގަވާފައެވެ.
މި އެކްސްޕޯ ކުރިން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރު އޮކްޓޯބަރު މަހުއެވެ. ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން، އެކްސްޕޯ ވަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް ފަސްކޮށްފައެވެ. ހަމަސް ދުވަހުގެ މުއްދަތަށް ދެމިގެންދާ އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ،1 އޮކްޓޯބަރު 2021 އިން 31 މާރިޗް 2022 އަށް، ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައެވެ.
"އެކްސްޕޯ 2020" ގައި ރާއްޖޭގެ ޕެވިލިއަން ގެ ކޮންސެޕްޓް ޑިޒައިންކުރާ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާއި ބެހޭ ޓާރމް އޮފް ރިފަރެންސް" ތިރީގައި މިވާ ލިންކުން އަދި މި މިނިސްޓްރީގެ ވެބްސައިޓް އިން ޑައުން ލޯޑް ކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލެޓަރ އޮފް އެކްސްޕްރެޝަން އޮފް އިންޓަރެސް ހުށަހެޅުންވުން އެދެމެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ދެންނެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިމަސައްކަތައް ބިޑް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހާޅާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވާނީ 07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހުގެ 12:30 އަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ބޮޑުތަކުރުފާނުމަގުގައި ހުންނަ އިމާރާތް) އަށް ށެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު
ފޯނު: 3333104 (960)+
އީމެއިލް: [email protected]
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.