މަސައްކަތް
ނަންބަރު: (IUL)DHAH/2020/14
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 06 އޮކްޓޫބަރު 2020 10:00
ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ދ. ރިނބުދޫ ޞިއްޙީ މަރުކަޒާއި ދ. ހުޅުދެލީ ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅުހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

                 މިހޮސްޕިޓަލުން ދ.ރިނބުދޫ ސިއްޙީމަރުކަޒާއި ދ.ހުޅުދެލި ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅު ހޮސްޕިޓަލަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު (IUL)DHAH/2020/12 (13 ސެޕްޓެމްބަރ 2020) ގެ އިޢުލާނާއި ގުޅޭ ބައެއް ލިޔުންތައް އިސްލާހުކުރަން ޖެހުމާއި ގުޅިގެން، އެއިޢުލާން ބާތިލް ކުރުމަށްފަހު، އަލުން އެފުރުސަތު ހުޅުވާލަމެވެ.

                 ދ.ރިނބުދޫ ސިއްޙީމަރުކަޒާއި ދ.ހުޅުދެލި ސިއްޙީމަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ދ.އަތޮޅު ހޮސްޕިޓަލަށް އުފުލުމުގެ ދަތުރުކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުސޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއްޖެއެވެ.

                ވީމާ، މިދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ނުވަތަ ދ.ރިނބުދޫ އަދި ދ.ހުޅުދެލި ސިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

ޕްރޮޕޯސަލް ހުށަހެޅުން

6 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ 10:00 އަށް

11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 10:00 އަށް

 

            މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަނޭޅުއްވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6760500 ނުވަތަ 6760087 އަށް ގުޅުއްވުން އެދެމެވެ.              

                  24 ސެޕްޓެމްބަރ 2020

24 ސެޕްޓެންބަރު 2020