ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2020/71
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 01 އޮކްޓޫބަރު 2020 00:00
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީން ގެނައުމާއި ގެންގުޅުމުގެ އުޞޫލަށް ޢަމަލުކުރަން ފެށުމާއި ގުޅޭ

 އިޢުލާން

ބިދޭސީން ގެނައުމާއި ގެންގުޅުމުގެ އުޞޫލަށް ޢަމަލުކުރަން ފެށުމާއި ގުޅޭ

 

މިހާރަކަށް އައިސް ރަޖިސްޓްރީނުކޮށް ޤަވާއިދާ ޚިލާފަށް ބިދޭސީން ގެނައުމާއި ގުޅިގެން އެކަމުގެ ޝަކުވާ އާންމުންގެ ފަރާތުން މިކައުންސިލަށް ދަނީ ލިބެމުންނެވެ. އަދި މިކަންތައްތައް ހަރުދަނާ އުޞޫލެއްގެ ދަށުން ބެލުމަށްޓަކައި ކައުންސިލުންވަނީ "ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލެއް" ޤާއިމްކޮށްފައެވެ.  އެ އުޞޫލުވަނީ 23 ސެޕްޓެމްބަރ 2020 ވީ ބުދަ ދުވަހުގެ މިކައުންސިލްގެ 3 ވަނަ ދައުރުގެ 147 ވަނަ އާންމު ޖަލްސާ އިން ފާސްކޮށްފައެވެ. އަދި 01 އޮކްޓޯބަރ 2020 ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފަށާނެ ކަމުގައެވެ.

އެހެންކަމުން 01 އޮކްޓޯބަރ 2020 ފެށިގެން ބިދޭސީން ގެންގުޅޭ އެންމެހާ ފަރާތްތަކުން އުޞޫލުގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. އަދި އުޞޫލާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ވާހަކަވެސް ދަންނަވަމެވެ.

މި އިޢުލާނާ އެކު "ބިދޭސީން ގެނައުމާއި ގެންގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ އުޞޫލު" ގެޒެޓް ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

07 ޞަފަރު 1442

24 ސެޕްޓެންބަރު 2020