ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: GS43-B/2020/10
ޕަބްލިޝްކުރި ތާރީޚް: 24 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 11 އޮކްޓޫބަރު 2020 11:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
މިސްކޫލަށް އަމިއްލަ ތަކެތީގައި 40 ޓީވީ ހޯދުން.

                                                 ނަންބަރ: GS43-B/2020/10

ބީލަން ހުށަހެޅުމުގެ ދައުވަތު 

މިސްކޫލްގެ 40 ކްލާސްރޫމްގައި ޓީވީ އަމިއްލަތަކެތީގައި ހޯދައި ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ GS43-B/2020/09 އިއުލާނަށް ކުރިމަތިލެއްވި ފަރާތްތަކުގެ ބީލަންތައް މިންކުރުމަށް ކަނޑައެޅިފައިވާ  މިންގަޑަށް ނުފެތޭތީ  ދެވަނަ ފަހަރަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 30ސެޕްޓެމްބަރ2020 އިން 05އޮކްޓޯބަރ2020 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

ރަޖިސްޓްރީ ނަންބަރު.

އީމެއިލް އެޑްރެސް.

ގުޅޭނެ މޯބައިލް ނަންބަރު.

 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 07އޮކްޓޯބަރ2020 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 ބިޑް ހުޅުވުން އޮންނާނީ 11އޮކްޓޯބަރ2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 މިޕްރޮޖެކްޓާގުޅޭ ބީލަންފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

އީ-މެއިލް:[email protected]

24 ސެޕްޓެންބަރު 2020