ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫކައުންސިލްގެ އިދާރާ
ހޮޅުދޫ - ދިވެހިރާއްޖެ
ނަމްބަރ: IUL)295-B/2020/39)
އިޢުލާން
ނ.ހޮޅުދޫ ފުޓްބޯޅަދަނޑުގެ ހުޅަނގު އަދި އުތުރު ފަރާތުން ބައެއްގައި ފެންސްދާ ޖެހުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ސެޕްޓެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 11:00 އާއި 12:00 އާއި ދެމެދު މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގެކުރިން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ކެނޑުން އޮންނާނީ 05 އޮކްޓޯބަރ 2020 ވާ ހޯމަ ދުވަހުގެ 11:30 ގައި އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެވަގުތު ތިބި ފަރާތްތަކުގެ ޙާޟިރުގައެވެ.
މިމަސައްކަތަށްއެދި ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
23 ސެޕްޓެމްބަރ 2020