ދިވެހިރާއްޖެ
ކ.ދިއްފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް، 04 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމަޔަށް އެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
1. ގަވާއިދު ނަންބަރު: 2020/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުތުތައް ފުރިހަމަ ވާންވާނެއެވެ.
(ހ) އެރަށެއް ނުވަތަ އެސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީ ގޮތުން އުމުރުން 18 (އަށާރަ) އަހަރުވެފައިވާ، ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއް ކަމުގައިވުން.
(ށ) އެރަށެއްގައި ނުވަތަ އެސިޓީއެއްގެ އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭ މީހަކު ކަމުގައިވުން.
(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކު ކަމުގައިވުން.
(ރ) ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
(ބ) ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
(ޅ) އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުން.
(ކ) މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައި ވުން.
(އ) ފުލްޓައިމް ދަރިވަރަކު ކަމުގައި ނުވުން.
(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުވެ އެހުކުމް ތަންފީޛުކޮށްފައިވާ މީހަކަށް ނުވުން.
(މ) ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުން.
- އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި، ދިއްފުށީ ކައުންސިލްގެ އިލެކްޝަން ކޮމިޓީއަށް ހުށަހަޅަން ވާނެއެވެ.
(ހ) ފުރިހަމަ ނަން.
(ށ) އުފަން ތާރީޚް.
(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު. (ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު)
(ރ) ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭ ގޮތަށް)
(ބ) މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް)
(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމިޓީ ހިމެނޭ ކައުންސިލް.
(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
(އ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން.
(ވ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ދިއްފުށީ ކައުންސިލްގެ އިލެކްޝަން ކޮމިޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތި ކަމަށާއި، ޤަވާއިދު ނަންބަރު 2012/R-14 (އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދު) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެއްކަމަށް (އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ) އިޤުރާރުވެ، އެ އިޤްރާރު.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ މެމްބަރުކަމަށް، މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 04 އޮކްޓޫބަރު 2020 ވާ އާދީއްތަ ދުވަހުގެ 12:00 އާ ހަމަޔަށް މިއިދާރާއިންނެވެ. މި މަޤާމަށް 01 ބޭފުޅުންނަށް ވުރެ ގިނައިން ކުރިމަތިލައިފިނަމަ މިރަށު އަންހެނުންގެ މެދުގައި ވޯޓުލައި އެ މަޤާމަށް އެންމެ ގިނައިން ވޯޓު ލިބޭ ފަރާތަކަށް މެމްބަރުކަން ދެވޭނެއެވެ. އަދި 01 ކެންޑިޑޭޓުން ކުރިމަތި ލައިފިނަމަ އެކަމަށް ކުރިމަތިލީ ފަރާތްތައް އިންތިޚާބަކާ ނުލާ ކޮމިޓީއަށް ޢައްޔަން ކުރެވޭނެއެވެ. މި ކޮމިޓީއަށް ކުރިމަތީލާ ކެންޑިޑޭޓުންގެ މެދުގައި އިންތިޚާބެއް ބާއްވަން ޖެހޭނަމަ އެ އިންތިޚާބު ބާއްވާނެ ތާރީޚް ފަހުން އިޢްލާން ކުރެވޭނެއެވެ.
ވީމާ މިކަން އަންގާ އިޢްލާން ކުރީމެވެ. މި އިޢްލާނާއި އެކީ މި ކޮމިޓީއަށް ކުރިމަތިލުމަށް އެދޭ ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.
ފޯން: 6640071
އީމެއިލް: [email protected]
24 ސެޕްޓެމްބަރ 2020