ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)-BCC/2020/21
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 16:46
ސުންގަޑި: 30 ސެޕްޓެންބަރު 2020 15:00
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުުސަތު - މެނޭޖަރ، އިންފޮމޭޝަން ޓެކްނޮލޮޖީ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިރާއްޖެ

ވަޒީފާގެ ފުރުޞަތު


ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ތިރީގައި މި ދަންނަވާ މަޤާމަށް ޚިދުމަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތެއް ބޭނުންވެއެވެ.

މަޤާމް:

މެނޭޖަރ، އިންފޮމޭޝަން ޓެކްނޮލޮޖީ

ސެކްޝަން/ޑިވިޜަން:

ޓެކްނޮލޮޖީ ސަރވިސަސް ސެކްޝަން/އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުތުތައް:

ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ނުވަތަ އެއާއި ގުޅުންހުރި ރޮނގަކުން މާސްޓަރސް ނުވަތަ މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން

މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތް ތަޖުރިބާ ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

ޓާރމްސް އޮފް ރިފަރެންސް އަށް ރިޢާޔަތް ކުރައްވާ

 

 

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފޯމު (ފުރިހަމަ ކުރެއްވުމަށްފަހު)
  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް

ސުންގަޑި

30 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 15:00 އަށް

 

ނޯޓް: މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

މި ވަޒީފާތަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހަށްވުރެ މަތީފާހެއް ހާޞިލްކޮށްފައިވާނަމަ އެ ފާސް ވާންވާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ދާއިރާގެ ސްޕެޝަލައިޒްޑް ފާހަކަށެވެ.

23 ސެޕްޓެންބަރު 2020