މަސައްކަތް
ނަންބަރު: L6MC-D/2020/08
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 04 އޮކްޓޫބަރު 2020 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ޕޯޓިކޯ މަރާމާތުކުރުމާގުޅޭ

މިކޯޓުގެ ނަންބަރު: L6MC-D/2020/07 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް، މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

1-     ޕޯރޓިކޯގެ ޝީޓު ދަށުގައި ސިމެންތިޖަހައި ޕޯރޓިކޯގައި ކުލަލުން

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 ސެޕްޓެންބަރު 24 ވަނަ ދުވަހުން ފެށިގެން 2020 އޮކްޓޫބަރު 01 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2020 އޮކްޓޫބަރު 04 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.  

23 ސެޕްޓެންބަރު 2020