ދިވެހިރާއްޖެ
ފުވައްމުލަކު ސައިޓް އޮފީހަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ހޯދަން ބޭނުންވާ ތަކެތީގެ ތަފްޞީލް
Quantity |
Item Details |
4 |
Wheel Loader (JCB) Tube and Tire 17.5-25 |
2 ސެޓް |
Skid Steer Loader (Bobcat) Part:6680149-Track Rubber (320*86*52)12IN C-Pattern |
މާކްސްދޭނެގޮތް.
އަގަށް |
85% |
(އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށް އެންމެގިނަ ޕޮއިންޓް ލިބޭގޮތަށް) |
ޑެލިވަރީ މުއްދަތު |
15% |
(މަދުވެގެން 60 ދުވަސްތެރޭ ކައުންސިލަށް ޑެލިވަރީ ކުރާގޮތަށް) |
އަންދާސީ ހިސާބު ހުށަހަޅާ ފަރާތްކުން ސަމާލުކަންދޭންވީ ކަންތައްތައް.
- އަންދާސީ ހިސާބު ހުށަހެޅޭނީ އިޢުލާނުގައި ހިމަނާފައިވާ ތަކެއްޗަށް އެއް އަންދާސީ ހިސާބެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތީގެ ފުރިހަމަ މަޢުލޫމާތު )ސްޕެސިފިކޭޝަން) އެގޭނެހެން ހުށަހަޅަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހެޅޭނީ މަދުވެގެން 1 އަހަރު ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ މާލީ ޤާބިލްކަން 15 ޕަސެންޓް މަދުވެގެން ހުށަހަޅާ އަގުގެ ހުންނަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު ހިމަނަންވާނެއެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ޖީ.އެސް.ޓީ އަށްވާ ޢަދަދު ވަކިން އެގޭނެހެން ހުށަހެޅުއްވުން.
- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެފަހުން އަންދާސީ ހިސާބު ހުށަހެޅުމަށް. ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި.
- ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ސެޓްފިކެޓު އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- ޖީ.އެސް.ޓީ. އަށް ރަޖިސްޓަރީ ކުރަންޖެހޭ ފަރާތްތަކުން ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ސެޓްފިކެޓް އޮފް ރެޖިސްޓްރޭޝަނުގެ ކޮޕީ.
- މާލީ ގާބިލްކަން އަންގައިދޭ ލިއުން: (ބޭންކް ކްރެޑިޓްސިޓީ ، ނުވަތަ ފާއިތުވި 03 މަހުގެ ބޭންކް ސްޓޭޓްމަންޓް، ނުވަތަ ވިޔަފާރީގެ އެންމެ ފަހުގެ އޮޑިޓް ރިޕޯރޓް(
- ޓެކްސް ކްލިއަރެންސް ރިޕޯރޓް.
- ޕްރޮފައިލް: ޕްރޮފައިލްގައި މިދަންނަވާ މަޢުލޫމާތު ހިމަނަންވާނެއެވެ.
(ހ) ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން:
(ށ) ފުރިހަމަ އެޑްރެސް:
(ނ) ފޯން ނަންބަރ:
(ރ) އީމެއިލް އެޑްރެސް:
(ބ) މެނޭޖަރުން ފެށިގެން މަތީ ފަރާތްތަކުގެ ނަމާއި މަޤާމު
(ޅ) ރަޖިސްޓްރީ ނަންބަރ
(ކ) ކުރަމުންދާ ވިޔަފާރީގެ ޚުލާސާ :
(އ) ފަންނީގޮތުން ކުރިއަރާފައިވާ މިންވަރު:
(ވ) ކުރަމުންދާ މައިގަނޑު މަސައްކަތާއި ، ދާއިރާއިން ލިބިފައިވާ ތަޖްރިބާ
(މ) ކުރަމުންދާ ވިޔަފާރި ޖީއެސްޓީ އަށް ރަޖިސްޓްރީ ކޮށްފައިވާނަމަ ޖީއެސްޓީ ރަޖިސްޓްރީ ނަންބަރ
- އިތުރު ސަޕޯޓިންގ ލިޔުމެއް ވާނަމަ އެލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.
- އިޢުލާނުގައި ހުށަހަޅަން ދެންނެވިފައިވާ މަޢުލޫމާތު ހުށަނާޅާނަމަ އެފަރާތެއްގެ ބީލަން ބާތިލްކުރެވޭނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުން.
ވީމާ މިތަކެތި ސަޕްލައިކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރ އާއި ހުށަހަޅާފަރާތުގެ ނަން އަދި " ތަކެތި ވިއްކުމަށް އެދި " ލިޔެ ތިރީގައި މިވާ ގޮތަށް އެޑްރެސް ފުރިހަމަކޮށްފައެވެ.
" ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ"
ފުވައްމުލައް.
ދިވެހިރާއްޖެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން:, 68628296862830
އީމެއިލް: [email protected]