ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)227-ID/227/2020/13
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 01 އޮކްޓޫބަރު 2020 11:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރ ސަޕްލައިކޮށްދިނުމުގެ މަސައްކަތް

ޕްރޮޖެކްޓް ނަންބަރު:

PC-227/2020/G-04

އިޢުލާން ނަންބަރު:

(IUL)227-ID/227/2020/13

 

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަތޮޅުވެހި އިމާރާތަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)227-ID/227/2020/10 (2 ސެޕްޓެމްބަރ 2020) އިޢުލާނާއި ގުޅިގެން ބީލަން ހުށައަޅުއްވާފައިވަނީ އެއްމެފަރާތަކުން ކަމަށް ވުމާއި، އަދި އެފަރާތުން ހުށައެޅުއްވި އަގު ކައުންސިލުން މިޕްރޮޖެކްޓަށް ފާސްކޮށްދެއްވާފައިވާ ބަޖެޓައްވުރެ ބޮޑުވުމާއި ގުޅިގެން އެއިޢުލާން އަދި އިޢުލާނާއި ގުޅިގެން ހުށައެޅުނު ބީލަން ބާޠިލުކޮށް، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަމާއިގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިބީލަމާއި ގުޅިގެން ޕްރީބިޑް މީޓިންގްއެއް ނޯންނާނެއެވެ.
  3. މިބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2020 ސެޕްޓެމްބަރ 27ވާ އާދީއްތަ ދުވަހުގެ 11:00ގެ ކުރިން ތިރީގައިވާ އެޑްރެސްއަށް ސިޓީ/އީމެއިލް ފޮނުއްވުން އެދެމެވެ.  މެއިލް/ސިޓީއިން ފޮނުވޭ ސުވާލުތަކުގެ ޖަވާބު، 2020 ސެޕްޓެމްބަރ 28ވާ ހޯމަ 14:00ގެ  ކުރިން، މި އިދާރާގެ ވެބްސައިޓްގައި ޢާންމު ކުރެވޭނެއެވެ.
  4. މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު މިއިދާރާގެ ވެބްސައިޓް(shaviyani.gov.mv/beelan)އިން 2020 ސެޕްޓެމްބަރ 22ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ  2020 އޮކްޓޯބަރ 01ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިއިދާރާގެ މީޓިންގް ރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ
  6. ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

22 ސެޕްޓެންބަރު 2020