މަސައްކަތް
ނަންބަރު: (IUL)94-Q/94/2020/38
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 12:23
ސުންގަޑި:
30 ސެޕްޓެންބަރު 2020 13:00
މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް ވެލާނާގޭގައި ބަހައްޓާފައިވާ އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 4 ކިއު އަށް ބަދަލުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: (IUL)94-Q/94/2020/33 އާއި ގުޅޭ
ޕްރޮޖެކްޓް ނަންބަރު: PC-942020W-08
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
- މޯލްޑިވްސް އިމިގްރޭޝަން ހެޑް އޮފީސް ވެލާނާގޭގައި ބަހައްޓާފައިވާ އެއަރކޯން ސިސްޓަމްގެ އައުޓްޑޯ ޔުނިޓް ވީ.އާރު.ވީ 2 އިން ވީ.އާރު.ވީ 4 ކިއު އަށް ބަދަލުކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރ: 33 (IUL)94-Q/94/2020/ އާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތު ހަމަނުވާތީ މި އިޢުލާނު ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
- މިމަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 30 ސެޕްޓެމްބަރ 2020 ވާ ބުދަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެ، މިމަސައްކަތަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބިޑު ހުށައެޅޭނީ މައުލޫމާތު ބައްދަލުވުމަށް ހާޒިރުވެ، ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
- ބީލަން ހުށައެޅުން އޮންނާނީ 11 އޮކްޓޯބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހުގެ އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް (ހުރަވީ ބިލްޑިންގެ 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެންނެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލާންތައް ހުންނަންވާނީ ސިޓީއުރައިގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓޭޓް އެންޑް ޕްރޮކިއުމަންޓް ޔުނިޓް،
މޯލްޑިވްސް އިމިގްރޭޝަން،
ހުރަވީ ބިލްޑިންގް، 2 ވަނަ ފަންގިފިލާ،
އަމީރު އަހުމަދު މަގު، މާލެ، ދިވެހިރާއްޖެ.
ފޯން : +960 3330436, +960 3330465
އީމެއިލް : [email protected]
ކޮޕީ : [email protected]
22 ސެޕްޓެންބަރު 2020