ކުއްޔަށް ދިނުން
ނަންބަރު: (IUL)366/2020/40
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2020
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި: 28 ސެޕްޓެންބަރު 2020 00:00
މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދުރުރާސްތާ 7 ކުއްޔަށް ދޫކުރުމާއިބެހޭ

މުލަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ

   މ.ނާލާފުށި / ދިވެހިރާއްޖެ                                                     ނަންބަރ:     (IUL)366/2020/40

 

                        އިޢުލާނު     

 

މިރަށު ރައްޔިތުންގެ މަސްދޯނި " ދުރުރާސްތާ 7 " ކުއްޔަށް ދޫކުރުމާއިބެހޭ.

 

 މިރަށުގެ ރައްޔިތުންގެ މަސްދޯނި " ދުރުރާސްތާ 7 " (85 ފޫޓްގެ ފައިބަރގްލާސް މަސްދޯނި) ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވުމާއިއެކު މި ދޯނި ކުއްޔަށް ހިފުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 22 ސެޕްޓެމްބަރ 2020 އިން 28 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީވުމަށް އެދި [email protected])) އަށް މެއިލް ފޮނުވުން ނުވަތަ 6720034 ނަމްބަރު ފޯނާއި ގުޅުއްވައިގެން ނުވަތަ ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑް ހުށައެއްނޭޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ނަމާއި، އެޑްރެހާއި، ގުޅޭނެ ނަންބަރާއި، އައި.ޑީ.ކާޑު ނަންބަރު ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. އަދި  މި ދޯނި ކުއްޔަށް ހިފުމަށްއެދި މިއިދާރާގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް 28 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބިޑް ޑޮކިއުމަންޓްތައް ފޮނުވޭނެއެވެ. ބިޑްތައް ހުށަހެޅުމާއި ބިޑްތައް ހުޅުވުން އޮންނާނީ 5 އޮކްޓޯބަރ 2020 ވަނަ ދުވަހު  11:00 ގައި މިއިދާރާގައެވެ.

      މަޢުލޫމާތު ފުރިހަމަނުވާ ބިޑްތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ  މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 6720034 ނުވަތަ 7958652 ފޯނާއި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                        05  ޞަފަރު  1442

                        22 ސެޕްޓެމްބަރ 2020

 

 

                                                                       އަޙްމަދު ސަޢީދު

                                                            ކައުންސިލްގެ ނައިބު ރައީސް

 


     

 

 

 

22 ސެޕްޓެންބަރު 2020